ޖަރުމަނު ވިލާތުގެ ބާލިންގެ މެސޭ ބާލިންގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓިބީ) ބާލިން ފެއާގައި ރާއްޖެއިން ހުށަހެޅި ސަގާފީ ނެށުމަށް އޭޝިއާ/އޮސްޓްރޭލިއާ ސަރަހައްދުގެ އެއްވަނަ ލިބިއްޖެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ ރާއްޖެއާ ވާދަކުރި އޭޝިއާ ގައުމުތަމުގެ ތެރޭގައި ތައިލެންޑް، މެލޭޝިއާ، ސިންގަޕޯ އަދި އޭނުންވެސް އޭޝިއާގައި ފާހަގަކޮށްލެވޭ ގައުމުތަށް ހިމެނޭ ކަމަށެވެ.
"ރާއްޖެއަށް އެއްވަނަ ލިބިފައިމިވަނީ މުޅި އޭޝިއާ، އޮސްޓްރޭލިއާއިން. އެއީ ސްޓޯލްގައިކުރާ ކަންކަމާއި، ސްޓޯލް ހަދާފަ ހުންނަ ގޮތަށް ބަލާފައި، އިންޓަރެކްޓިވް މޫވްމެންޓްސް ޝޯ ހުށަހަޅައިދޭ ގޮތް، ފެއާއަށްދާ މީހުންނާ ވާހަކަ ކިޔައިދިnް ގޮތް. މި ހުރިހާ ގޮތަކަށް ބަލާފައި ރާއްޖެއަށް އެއްވަނަ ލިބުނީ" ތޮއްޔިބު ވިދާޅުވިއެވެ.
ތޮއްޔިބު ވިދާޅުވީ ރާއްޖެ "ބެސްޓް އޮފް ބެސްޓް" އެވޯޑަށް ވެސް ނޮމިނޭޓްވެފައިވާ ކަމަށާއި އެ އެވޯޑަށް ނޮމިނޭޓްވި ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަދި ސައުދި އަރަބިއްޔާ ހިމެނޭ ކަމަށެވެ. "ބެސްޓް އޮފް ބެސްޓް" އެވޯޑް ލިބިފައިވަނީ ސައުދީއަށް ކަމަށާއި އެ އެވޯޑަށް ރާއްޖެ ނޮމިނޭޓްވުމަކީ ވެސް ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން އައިޓީބީ ފެއާގައި ހުށަހަޅައިދިން ސަގާފީ ނެށުމަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން އެ ނެށުމަކީ ރާއްޖޭގެ ސަގާފަތާ ގުޅުން ނެތް ނެށުމެއް ކަމަށާއި އެއީ އެފަދަ ފެއާއެއްގައި ރާއްޖެ ތަމްސީލުކުރުމަށް އެފަދަ ނެށުމެއް ހުށަހެޅުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ދިގު ހެދުން ކަނޑާފައި ހުރުމުންވެސް ފާޑުކިޔައިފައެވެ.
އެކަމާ ގުޅިގެން ތޮއްޔިބު ވިދާޅުވީ އެ ނެށުމަށް ފާޑު ކިޔާފައިވަނީ މަދު އަދަދެއްގެ ބައެއް ކަމަށާއި އަދި ނެށުމުގެ މަގުސަދަކީ ރާއްޖޭގެ ސަގާފަތް ކުރިއެރުވުން ނޫން ކަމަށެވެ. އަދި ވިދާޅުވީ އާ ފަންނުވެރިންގެ ހުނަރުތަކަށް ޖާގަ ދޭން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު