ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮޑިއަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ވާދަކުރަން ނިންމައިފިއެވެ.
އެމްޓީޑީން ރޭ ބުނީ ގުރައިދޫ ދާއިރާ ގޮޑިއަށް ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލާ ކަމަށާއި ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 11 ވަނަ ދުވަހުގެ 17:00 ގެ ކުރިން ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާކަން [email protected] އަށް މެއިލްކުރަންވާނެ ކަމަށެވެ.
މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮޑި ހުސްވީ އެ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހަރާވުމާ ގުޅިގެންނެވެ. ރިޒާ ވަނީ ގުރައިދޫ ދާއިރާގެ މެމްބަރުންކަން 14 އަހަރުވަންދެން ކުރައްވައިފައެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައިވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީ ވަނީ އެ ކޯލިޝަންގެ ފަރާތުން ގުރައިދޫ ދާއިރާގެ ޓިކެޓް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއަށް ދީފައެވެ.
އެ ދާއިރާއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި އެމްޑީޕީން ވެސް ވާދަކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު