ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އާންމުންނަށް ލިންކުތަކެއް ލިބެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން ރޭ ބުނީ އެ ކުންފުނީގެ ފަރާތުން އެފަދަ މެސެޖުތައް ނުފޮނުވާނެ ކަމަށެވެ.
"މި ކޯޕަރޭޝަނުގެ ނަމުގައި ބައެއް ކަހަލަ ލިންކުތަކެއް ހިމެނޭގޮތަށް އާންމުންނަށް މެސެޖުތަކެއް ލިބެމުންދާތީ މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަން. މި ކޯޕަރޭޝަނުގެ ފަރާތުން މިފަދަ މެސެޖުތަކެއް ނޮފުނުވާނެ ވާހަކަ ދަންނަވަން،" އެޗްޑީސީން ބުންޏެވެ.
މީގެ ކުރިންވެސް ވަނީ އެޗްޑީސީގެ ނަމުގައި ފޭކު މެސެޖުތަކެއް ފޮނުވައިފައެވެ.
އެފަހަރު އެޗްޑީސީގެ ނަމުގައި ލިންކުތައް ފޮނުވާފައިވަނީ "ހިޔާ ސޭފްޓީ ޕޯޓަލް" އަށް ވަނުމަށެވެ.
ނަމަވެސް އެ ކޯޕަރޭޝަންގެ ފަރާތުން އެ ނަމުގައި އެއްވެސް މެސެޖެއް އާންމުންނަށް ނުފޮނުވާނެ ކަމަށާއި "ހިޔާ ސޭފްޓީ ޕޯޓަލް" ނަމުގައި އެއްވެސް ޕޯޓަލްއެއް ހިޔާގައި ދިރިއުޅޭ ރައްޔިތުންނާ މުއާމަލާތް ކުރުމަށް ބޭނުން ނުކުރާނެ ކަމަށްވެސް އެޗްޑީސީން އޭރު ބުނެފައިވެއެވެ.
އެ ކޯޕަރޭޝަންގެ ނަމުގައި ފޮނުވާ މެސެޖުތަކަށް ސަމާލުކަންދީ އެއްވެސް ލިންކަކަށް ނުފިތުމަށް އެޗްޑީސީން ވަނީ އެދިފައެވެ. އަދި އެފަދަ މެސެޖެއް ލިބިއްޖެނަމަ، އެކަން ލަސްނުކޮށް އެ ކޯޕަރޭޝަންގެ ނަންބަރު 3353535 ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި