އެސްޓީއޯ ރަމަޒާން ބާޒާރު ވީކެންޑް ފިއެސްޓާ މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯ ވީކެންޑް ފިއެސްޓާއަކީ އެސްޓީއޯ ރަމަޒާން ބާރާޒާ ގުޅުވައި މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮންމެ ހަފުތާ ބަންދެއްގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.

އެސްޓީއޯ އިން ބުނީ، އެ ޕްރޮމޯޝަންގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ހޯމް އެޕަލައަންސް ގަންނަން ހޭދަކުރާ ކޮންމެ 1000 ރުފިޔާ އަކާއެކު އިނާމެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އޭގެ އިތުރުން ވީކެންޑް ފިއެސްޓާގައި ހާއްސަ ޑިސްކައުޓްތަކެއްވެސް ލިބޭނެ ކަމަށާއި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރެކް ކުއްޔަށް ނަގައިގެން ވިޔަފާރިކުރާ ފަރާތްތަކުންވެސް އެ ޑިސްކައުންޓް ދޭނެ ކަމަށް ބުންޏެވެ.

އެސްޓީއޯ އިން ބުނި ގޮތުން، ވީކެންޑް ފިއެސްޓާގައި ހަވީރު 4:30 އިން 6:00 އަށް ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ. އަދި ރޭގަނޑު 8:30 އިން 10:00 އަށް ފްރީ ޓޭސްޓިން ކުރިއަށްދާނެއެވެ.