އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު, ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މަންދޫބު އަދި އޭނާގެ އެޑްވައިޒަރު އިލްހާމް އަހުމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މަޖިލީހުގެ އިދާރާގައި ބޭއްވި އެ ބައްދަލުވުމުގައި ނަޝީދުގެ އަރިހުގައި އެ މަނިކުފާނުގެ ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން, ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ބައިވެރިވެވަޑައިގަތެވެ.
އެ ބައްދަލުވުމާ ގުޅޭ ތަފުސީލު ހޯދުމަށް ޝިފާޒު އަދި ހަސަން ލަތީފަށް "ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. އިލްހާމްވެސް ފޯނަކަށް ޖަވާބެއް ނުދެއްވިއެވެ.
ރައީސް ނަޝީދު އިލްހާމާ މިއަދު ބައްދަލުކުރެއްވި އިރު, ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަސަން ލަތީފު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި, މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއްގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށް ނަޝީދުގެ ފެކްޝަނުން ބޭނުންވާ ކަމުގެ އިޝާރާތެއް ކުރައްވައިފައެވެ.
"ކިހިނެއްތޯ ވާނީ އެހެން ޕާޓީއެއްގެ މެންބަރަކު އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ގޮތުގައި ހުންނަވައިފަ، އެމްޑީޕީގެ ރަނިންމޭޓަކާއި އަދި އެމްޑީޕީ ހިއްސާވާ ސަރުކާރެއް އުފައްދައި އަޅުގަނޑުމެންގެ ބަސްބުނެވޭނެ އަޅުގަނޑުމެންގެ މަޝްވަރާ އާއި ލަފާދެވޭނެ ކަހަލަ ސަރުކާރެއް އޮވެ ރައްޔިތުންނަށް ހިދުމަތްކުރަން ތިބުން،" ހަސަން ލަތީފު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު