ގަނެގެން ވަގުތުން ކާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މީލް ޕެކްތަކެއް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ތައާރަފުކޮށްފިއެވެ.
މިފްކޯއިން އެ މީލް ޕެކުތައް ތައާރަފުކުރީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ފުޑް އެންޑް ބެވަރޭޖް ޝޯގެ ތެރެއިންނެވެ.
"ފަސްމީރު ލައިފްސްޓައިލް" ގެ އުފެއްދުންތަކުގެ ތެރޭގައި ޖުމުލަ ފަސް ރަހައެއް ހިމެނޭއިރު، މިއީ ބަންދު ކޮށްފައިވާ ޕެކޭޖާއެކު ފަސް މިނެޓަށް މައިކްރޮވޭވް ކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ. އަދި މި ޕެކުތައް ހަލާކު ނުވެ ތިން މަސް ދުވަހު ހުންނާނެއެވެ.
- މަސްބަތް
- ޓޫނާ ވިތު ކަންކުން އެންޑް ސްޕިނެޗް ރައިސް
- ޓޫނާ އިން ބާބަކިއު ސޯސް
- ޓޫނާ ވިތު އޮބާޖީން
- ޓޫނާ އިން ހޮޓް ބަޓާ ސޯސް
މިފްކޯއިން ބުނީ، މިއަދުން ފެށިގެން އެ ކުންފުނީގެ ފިހާރަތަކުން މީލް ޕެކުތައް ގަންނަން ލިބޭނެ ކަމަށެވެ. ޕެކުތަކުގެ އަގު ހުންނާނީ 60-80 ރުފިޔާއާ ދެމެދުގައި ކަމަށްވެސް ބުންޏެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އެފްއެންބީ ޝޯގެ އެންމެ ފަހު ދުވަހަކީ މިއަދެވެ. މިއަދު ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށް އެ ފެއާ ކުރިއަށްދިޔައިރު، މިރޭ 8:00 އިން 11:00 އަށް ފެއާ ކުރިއަށްދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު