ރޭގެ ވަގުތެއްގައި މާލޭގެ ފިހާރައެއްގެ ތެރޭގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި މީހާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އުމުރުން 30 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ހަމަލާދިނީ މާފަންނު މުރަނގަމަގު, ބީޖީ ގަރާޖު ކައިރީގައި ހުންނަ ކޮސްމެޓިކް ސާމާނު ވިއްކާ ކްރާޝާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައި ހުއްޓައެވެ.
އެނގިފައިވާ ގޮތުގައި އެ ހަމަލާ ދިނީ ހެލްމެޓް އަޅައިގެން ހުރި ދެ މީހެކެވެ. އަދި ބުރަކަށްޓަށާއި ހަށިގަނޑު އެކި ތަންތަނަށް ވަޅިން ހަމަލާދިނުމުން ފުން ޒަހަމްތަކެއް ލިބިފައިވާކަން އެނގިފައިވެއެވެ.
އައިޖީއެމްއެޗްގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ, ޒަހަމްވި ޒުވާނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް ލިބިފައިވާ ޒަހަމްތަކުގެ ތަފުސީލު ހިއްސާކުރާނީ ޑޮކްޓަރު ކަމަށް ބުނެ, އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.
މި ހަމަލާއާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު