މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް ދޫކުރާ "ގެދޮރުވެރިޔާ ލޯން" ސްކީމްގެ ދަށުން 170 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ ސްކީމުން ގިނަ ބަޔަކަށް މަންފާ ލިބޭ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވޭތޯ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އެ ސްކީމަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ އަޅުގަނޑަށް އެނގިހުރި މިންވަރުން 500 އަށްވުރެން ގިނަ އެޕްލިކޭޝަންސް އައިސް ފައިވޭ، އޭގެ ތެެރެއިން 300 އަށްވުރެ ގިނަ މީހުންނަށް ލޯނު ދިނުމަށް ހުއްދަ ދީފައިވޭ، އެއީ 170 މިލިއަން ރުފިޔާގެ ލޯނު،" އަސްލަމް ވިދާޅުވިއެވެ.
ގެދޮރުވެރިޔާގެ ލޯން ސްކީމުގެ ދަށުން ހަތްލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ. ލޯނުގެ އިންޓަރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ. އަނބުރާ ދައްކަންޖެހެނީ 15 އަހަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު