ތަހުގީގު ކުރުމުގެ ހުއްދަ ދެވޭ ކޮންމެ ފުލުހަކީ ތަހުގީގު ކުރުމާ ގުޅުން ހުރި ދާއިރާއެއް ކަމަށް، ދިވެހި ފުލުހުންގެ ހިދުމަތުން ގަބޫލު ކުރާ އިދާރާއަކުން އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލު ކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެކަމަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 100 ވަނަ މާއްދާގެ (ކ) އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނީ ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މެންބަރު އަހުމަދު އީސައެވެ.
އެ މާއްދާގައި މިހާރު އޮންނަނީ، ތަހުގީގު ކުރުމުގެ ހުއްދަ ދެވޭ ކޮންމެ ފަރާތަކީ ތަހުގީގު ކުރުމާ ގުޅުންހުރި ދާއިރާއެއް ކަމަށް ދިވެހި ތަހުގީގު ކުރުމާ ގުޅުންހުރި ދާއިރާއެއްކަމަށް، ދިވެހި ފުލުހުންގެ ހިދުމަތުން ގަބޫލުކުރާ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލު ކޮށްފައިވާ ފަރާތަކަށް ވާންވާނެ އެވެ. އަދި މި މަގުސަދު ހާސިލު ކުރުމަށްޓަކައި މި ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް މި އަކުރަށް އަމަލު ކުރުން ފަސް ކުރުމުގެ އިހުތިޔާރު ކޮމޝަނާ އޮފް ޕޮލިސް އަށް ލިބިގެންވާ ކަމަށެވެ.
މި ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ 2020 ވަނަ އަހރުން ފެށިގެންނެވެ.
އެހެންކަމުން އެ މާއްދާ އިސްލާހު ކުރަން މިއަދު ހުށަހަޅާފައި ވަނީ އެ މުއްދަތު، 27 މާޗް 2024 ގެ ނިޔަލަށް ފަސްކުރުމުގެ އިހުތިޔާރު ކޮމިޝަނާ އޮފް ޕޮލިސް އަށް ލިބިގެންވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު