ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު، ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް މިއަދު ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންކަމަކާ ގުޅިގެން ކުރައްވާ ދަތުރުފުޅެއް ކަމެއް އަދި އެއީ ކިތައް ދުވަހުގެ ދަތުރުފުޅެއް ކަމެއް މިއުވާން ހާމައެއް ނުކުރައްވައެވެ.
ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް މިއަދު ވަޑައިގަންނަވާ އިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ރައީސް ސޯލިހް ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅަކީ މެޑިކަލް ފްލޯއަޕަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައެވެ.
އެގޮތުން ރައީސްގެ ދެކަނބަލުން އެންމެ ފުރަތަމަ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ އެމަހުގެ 15 ވަނަ ދުވަހުއެވެ. އެއަށްފަހު އެމަހުގެ 23 ވަނަ ދުވަހު ވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ތައިރޮއިޑް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައެވެ.
ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ 15 ދުވަސް ފަހުން، މާޗް ހަވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު