އެއްލައްކަ ރުފިޔާއިން ފެށިގެން 25،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ "މިފްކޯ ފަސްމީރު ރޯދަ ޕްރޯމޯ 1444" ފަށައިފިއެވެ.
ހުޅުމާލެ ފޭސް ދޭއްގައި މިފްކޯއިން އަލަށް ހުޅުވި މަސް ފިހާރައިގައި، ބުރާސްފަތި ދުވަހުގެ ރޭ އޮތް ރަސްމިއްޔާތުގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ މިފްކޯގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އިޒްހާންއެވެ.
މިފްކޯއިން ބުނީ މިޕްރޮމީޝަން 30 އޭޕްރީލްގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަ މަހަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި މިފްކޯގެ މަސްފިހާރަތަކުން 200 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި މި ކޫޕަން ހުށަހަޅައިގެން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އަގުހުރި ފައިސާގެ އިނާމު ލިބޭނެއެވެ.
އެންމެ ނަސީބުވެރި އެއްވަނައަށް ހޮވޭ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު، ދެވަނަ އަށް ހޮވޭ ފަރާތްތަކަށް 45،000 ރުފިޔާ އަދި އާއި ތިން ވަނައަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.
މާލެ އާއި ހުޅުމާލެ ފޭސް އެކަކާއި ދޭއްގެ މަސްފިހާރައިގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މިފްކޯ މަސްފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
"މިފްކޯއިން ހުސްވުމެއްނެތި ކަސްޓަމަރުންނަށް މަހާއި މަސްދަޅު މި ރޯދަމަހު ވެސް އެއް އަގެއްގައި ފޯރު ކޮށްދޭނެ،" ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އަހްމަދު ޒާމް ވިދާޅުވިއެވެ.
ފަސްމީރު ރޯދަ ޕްރޮމޯޝަނާ އެކު މިއަހަރު މިފްކޯއިން، ރޯދަ މަހުގެ ހަދިޔާ ދިނުމުގެ ރޫހާ އެކު ވަނީ ރޯދަ މަހަށް ހާއްސަ މަސްދަޅު ޕެކޭޖިންވެސް ތައްޔާރުކޮށްފައެވެ. މިގޮތުން ހަ މަސްދަޅާއި 12 މަސްދަޅު، 24 މަސްދަޅު އަދި 48 މަސްދަޅުގެ ކޭސްތައް ރޯދަމަހުގެ ހެޔޮ އެދުންތަކާއެކު ބޭނުން ކޮންމެ ފަރާތަކަށް މިފްކޯގެ ފިހާރަތަކުން ޑެލިވާކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މަސްފިހާރަތަކަށް ގުޅާލުމުން ރޯދައިގެ ތަހުނިޔާއާއެކު ބޭނުން ފަރާތަކަށް މިފްކޯގެ އެކި ކަހަލަ މީރު މަސްދަޅު ހަދިޔާ ކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު