Close
ޚަބަރު

ޓްރާންސްޕޯޓް މިނިސްޓްރީ ހުޅުމާލެއަށް ބަދަލުކުރާތީ ބައެއް ހިދުމަތްތައް މެދުކަނޑާލަނީ

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފީސްތައް ހުޅުމާލެއަށް ބަދަލުކުރާތީ ބައެއް ހިދުމަތްތައް މެދުކަނޑާލަން ނިންމައިފިއެވެ.

މާލޭގެ މަޖީދީމަގުގައި ހުންނަ ސްޓާ ކްލައުޑް އިމާރާތުގައި ހިންގަމުން އަންނަ، ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފީސްތައް އުމަރު ޒާހިރު އޮފީސް އިމާރާތަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންދާތީ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސެންސްގެ ހިދުމަތް ފިޔަވައި އެހެން ހުރިހާ ހިދުމަތެއް މެދުކަނޑާލަން ވަނީ ނިންމައިފިއެވެ.

ހިދުމަތްތައް މެދުކަނޑާލަނީ މިއަދު 14:00 އިން ފެށިގެން މި މަހުގެ 19 ވާ އާދިއްތަ ދުވަހާ ހަމައަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، އޮފީސް ބަދަލުވުމުގެ މަސައްކަތް ނިމުމާއެކު، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެ މިނިސްޓްރީގެ ހިދުމަތްތައް އަލުން ހުޅުވައިލެވޭނެ ކަމަށެވެ.

ސަރުކާރު އޮފީސްތަކަށް ހާއްސަކޮށް ހުޅުމާލޭގައި އޮފީސް އިމާރާތެއް ހުޅުވީ އިއްޔެއެވެ.