މާލެއިން ފަސް މިލިއަން ރުފިޔާއަށް ގޯއްޗެއް ވިއްކާލައިފިއެވެ.
ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވާ ބިން ވިއްކުމުގެ މައްސަލާގައިވާ ގޮތުން ވިއްކާލާފައިވަނީ ހ. ޓުވައިން ފުލާވަރ ނަމަކަށް ކިޔާ ބޮޑުމިނުގައި 720.33 އަކަފޫޓްގެ ގޯއްޗެކެވެ.
އެ ގޯތީގެ ވެރިފަރާތަކީ މއ. ޖޫޓްފްލާވާ, މުހައްމަދު ތައުފީގެވެ. އޭނާ ޝަރުއީގޮތުން ބަލަން ޖެހޭ ފަސް މީހުން ތިބިއިރު އެ ފަސް މީހުންނާއި ތައުފީގުގެ ނަމުގައި މާލޭގައި އިތުރު ގޯއްޗެއް އޮވެއެވެ. އެއީ މއ. ޖޫޓްފްލާވާއެވެ.
ގޯތި ގަތް ފަރާތަކީ ދަފުތަރު ނަންބަރު ރސ 9202 މުހައްމަދު އަލީ އެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން، އެ ބިން ވިއްކުމަށް ދެ ފަރާތުން އެއްބަސްވެފައިވާ އަގު, ބިން ގަތް ފަރާތުން ބިން ވިއްކި ފަރާތަށް ދައްކައި ވަނީ ހަލާސްކޮށްފައެވެ. އަދި ހ. ޓުވައިން ފުލާވަރ ވިއްކާލި ނަމަވެސް, ތައުފީގު ޝަރުއީ ގޮތުން ބަލަންޖެހޭ ފަސް މީހުންގެ ނަމުގައިވާ ރަޖިސްޓްރީކޮށްފައިވާ މއ. ޖޫޓްފްލާވާގައި އެ މީހުނަށް ދިރިއުޅެވޭނެ ކަމަށް ބުނެ ބަޔާންދީފައިވާތީ، އެ އިންތިޒާމު އޮތްކަމަށް ބަލަން ޖެހޭ ކަމަށް ހުކުމުގައިވެއެވެ.
ޚަބަރު
ޚަބަރު