ކިންގު ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.
ސަލްމާން މިސްކިތުގެ އޭސީއަށް މައްސަލަ ދިމާވެފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކޮށް، ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް މުއިޒު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްތަރު ޑރ. ޒާހިރު ވިދާޅުވީ، ސަލްމާން މިސްކިތުގެ އޭސީތަކަށް މައްސަލަ ދިމާވާ އެންމެ ބޮޑުސަބަަބަކީ ލޮނުގެ އަސަރު ވަރަށް ބޮޑަށް ކޮށް ދަބަރަށް ވެގެން ހަލާކުވާތީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިސްކިތުގައި އޭސީގެ މައްސަލަ ހުރިކަން ފުރަތަމަ ފާހަގަކުރެވުނީ މިދޔަ އަހަރުގެ އޮގަސްޓު މަހު ކަމަށެވެ.
"އެކަން ފާހަގަވީ އޮގަސްޓް މަހުގެ ތެރޭގައި، ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން 25 އޯގަސްޓްގައި އެބޭފުޅުން މާލެ ވަޑައިގެން ރަނގަޅުކުރީ، އަނެކާ އޮކްޓޫބަރުގައި މައްސަލަ ދިމާވެ ވާހަކަ ދައްކައިގެން، 13 ނޮވެމްބަރުގައި އެބޭފުޅުން ވަޑައިގެން 22 ފެބްރުއަރީ 2023 ވަނަ އަހަރުގެ ފުރަތަމަ ކޮޅު އޭސީގެ މައްސަލަ ހައްލު ކުރެވިފައި ވަނީ މިހާރު،"
މިނިސްޓަރު ވިދާޅުވީ، އޭސީ މިހާރު ފުލްކޮށް މަސައްކަތް ކުރާ ކަަމަށެވެ. އަދި އޭސީ ހަލާކުވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ލޮނުގެ އަސަރު ވަރަށް ބޮޑަށްކޮށް ދަބަރުޖެހުން ކަމަށެވެ.
ސަލްމާން މިސްކިތް ބޭނުން ކުރަން ފެށިއިރު، އަޑުއަހާލަން ފަސޭހަ ގޮތަކަށް ގިނަ ގޭގެއަށް އެ މިސްކިތުން ބަންގިގޮވާ އަޑު އިވުނު ނަމަވެސް މިހާރު މިސްކިތާ ކައިރި ހިސާބުތަކަށް އެކަނި ބަންގީގެ އަޑުއިވޭ މައްސަލައިގައި މެމްބަރު ކުރެއްވި ސުވާލަށް މިނިސްޓަރު ވިދާޅުވީ، މިސްކިތް ފުރަތަމަ ބޭނުން ކުރަން ފެށި އިރުވެސް އަޑު ނުކުންނަނީ އެއްމެ މުންނާރަކުން ކަމަށެވެ. ނަމަވެސް މިހާރު އެ މުންނާރުންވެސް އަޑުއިވެނީ ވަރަށް ކުޑަކޮށް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ލަސްތަކެއް ނުވެ އެ މައްސަލަ ހައްލު ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު