އައްޑޫ ސިޓީގެ ފޭދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
ފުލުހުން "ވަން" އަށް މިއަދު ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދުގެ ހެނދުނެއްގެ ވަގުތެއްގައި ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 19 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށާއި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން 19 އަހަރުގެ މީހާއަށް ކަމަށް ފުލުހުން ބުންޏެވެ.
އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ އޭނާއަށް ފަރުވާ ދެމުންދަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ކަމަށެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަށް ގުޅައި މެސެޖުކުރުމުންވެސް ޖަވާބު ދީފައިނުވާތީ އަނިޔާގެ ތަފުސީލު ލިބޭ ގޮތް ވަނީ ނުވެފައެވެ.
އެނގިފައިވާ ގޮތުގައި އެ ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު