ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ 45 ވަޒީފާއަކަށް މީހުން ހޯދަން ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހުޅުވާލައިފިއެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނިން މިއަދު ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ އެއާޕޯޓްގެ މެނޭޖަރު ކަމަށާއި އޮޕަރޭޝަން އޮފިސަރުގެ އިތުރުން އިތުރު މަގާމުތަކަށްވެސް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.
- އެއާޕޯޓްގެ މެނޭޖަރު - 1
- އޮޕަރޭޝަން އޮފިސަރު - 2
- އެޑްމިނިސްޓްރޭޓިވް އޮފިސަރު - 1
- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު - 1
- ގާޑެނާ - 1
- ކްލީނިން އެންޑް ގާޑެނިން އޭޖެންޓްސް - 10
- ކްލީނިން އެންޑް ގާޑެނިން ސްޕަވައިޒާ - 1
- މެއިންޓެނެންސް އޮފިސަރު - 1
- މެއިންޓެނެންސް އޭޖެންޓް - 1
- ސެކިއުރިޓީ - 10
- އެއާޕޯޓް ހޭންޑްސް - 7
- ފަޔާފައިޓަރުން - 2
- ޖޫނިއާ ފަޔާފައިޓަރުން - 2
- ފަޔާފައިޓާ ޓްރެއިނީ - 3
- އީއެމްޓީ ފަޔާފައިޓާ ޓްރެއިނީ - 2
ރީޖަނަލް އެއާޕޯޓްސް ކުންފުނިން ވަނީ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަންތައް ހުށަހެޅުމަށް އެދިފައެވެ.
ފަރެސްމާތޮޑާ އެއާޕޯޓުގެ ވަޒީފާތަކަށް ހުޅުވާލި އިރު، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ފަރެސްމާތޮޑާ އެއާޕޯޓް އަންނަ މަހު ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ.
ފަރެސްމާތޮޑާ އެއާޕޯޓަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 2020 ގައެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓުގެ އިމާރާތްތަކާއި ބޮޑެތި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާ އިރު، އެއާޕޯޓްގައި މިހާރު ކުރަމުންދަނީ އޮޕަރޭޝަނަށް ގެނައުމަށްޓަކާ ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތަކެވެ.
މި މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމުކުރުމާއި ފަޔާ ބިލްޑިން އެއް އިމާރާތްކުރުމާއި ޓާމިނަލް ބިލްޑިން އެއް އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު