އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށް، ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް "ހޯޕް ކޮންފަރެންސް"ގެ މަންދޫބުން އަހުދުވެއްޖެއެވެ.
"ހޯޕް ކޮންފަރެންސް" ގެ މަންދޫބުން މި އަހުދުވީ މީގެ ތިން ދުވަސް ކުރީން ފެށި ކޮންފަރެންސް ނިންމުމުގެ ގޮތުން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި "ދުއްޕާން" ޖަލްސާގައެވެ.
މި ޖަލްސާގައި އަހުދު އިއްވައިދިނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަމީން އާންމު އަހުމަދު މުހައްމަދެވެ.
މަންދޫބުންވީ އަހުދުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން އިއްވާފައިވާ ހުކުމެއް ކަމަށެވެ.
"ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަަންފުޅު، ވޯޓްކަރުދާސްކޮޅުގައި އޮންނާނެކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމަށާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިހާބު ކުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށާއި އެކަންކަން ކުރުމުގައި ޕްރޮގްރެސް ކޮންގްރެސް ކޯލިޝަންގެ ހުރިހާ މެންބަރުންނާ އެކު އެކަތިގަނޑެއްގެ ގޮތުގައި ދެމި ތިބުމަށް އަހުރެން އަހުދުވަމެވެ،" މަންދޫބުން ވީ އަހުދުގައިވެއެވެ.
ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް ގެނައުމަށް "ހޯޕް ކޮންފަރެންސް"ގެ މަންދޫބުން އަހުދުވި އިރު، މަނީލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
ދަށު ކޯޓުގެ އެ ހުކުމް ހައިކޯޓްގައި އިސްތިއުނާފުކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ގާނޫނީ ޓީމުން އަންނަނީ ކުރަމުންނެވެ. މަތީ ކޯޓުތަކުން ރައީސް ޔާމީނަށް ކުރިއެރުމެއް ލިބިވަޑައިނުގަންނަވައިފިނަމަ، އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލޭނެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނަށް ހުކުމެއް އައިސްފައިވާ އިރު ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ރިޝްވަރު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތްވެސް ކުރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު