ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސްކޫލީ މައްސަލައެއް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފަށް، އެ ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް އަމަލުކުރެއްވި ގޮތާ މެދު ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން އޭނާގެ ސުލޫކީ މައްސަލައެއް ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
މި މައްސަލަ ބެލުމަށް ނިންމާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ފަސް ވަނަ ޖަލްސާގައެވެ.
އެ ޖަަލްސާގައި ވަނީ މި މައްސަލަ ބެލުމަށް ހާއްސަ ކޮމެޓީއެއްވެސް އެކުލަވާލައިފައެވެ.