ޓެކްނޮލޮޖީ

އީ އިންކް ޓެބްލެޓް: ވަރަށް ތަފާތު، ލެޕްޓޮޕަކަށްވެސް ފުދޭ

އާދަމް ނަސީރު

އީ އިންކް ފަހަކަށް އައިސް މާ ބޮޑަށްވެސް މަޝަހޫރު ކަން ހޯދައިފިއެވެ. އީއިންކް ޓެބްލެޓް ނުވަތަ ލެޕްޓޮޕަކީ ލިޔުންތައް ލިޔެ ކުރެހުންތައް ކުރަހާ މީހުންނަށް ހާއްސަ، ފަށްޖަހައިލެވޭ ޓެބްލެޓެކެވެ. ނުވަތަ ލެޕްޓޮޕެއްގެ ގޮތުގައި ވެސް ގެންގުޅެވިދާނެ ޒަމާނީ އުފެއްދުމެކެވެ. ހުޅުވާލެވޭ އަދި ވަށައިގެން އަނބުރާ ލެވޭ ގޮތަށް ހުންނަ މި ލެޕްޓޮޕުގެ ދެފަރާތުގައި ދެ އިސްކުރީން ހުރެއެވެ. އެއްފަރާތުގައި ހުންނަ އިސްކުރީނަކީ މި ބުނާ އީއިންކް ނުވަތަ ކަޅާއި ހުދުގެ އިސްކުރީނެކެވެ. އަދި އަނެއް ފަރާތުގައި ހުންނަ އިސްކުރީނަކީ މިހާރުވެސް މި ބޭނުން ކުރާ ކުލަ އިސްކުރީނެވެ.

ލެޕްޓޮޕް ބަންދުކޮށްފައި (ލައްޕާލާފައި) ހުއްޓަސް ޑޮކިއުމަންޓެއް ނުވަތަ އެއްޗެއް ލިޔެލަން ޖެހިއްޖެ ހާލަތެއްގައި ހަމަ ލިޔެލަންވީމެވެ. ސުމާޓް ގަލަމަކާއި އެކު ވިއްކާ މި އުފެއްދުމަކީ މިހާރު މި ބޭނުން ކުރާ ޓެބްލެޓް އަދި ލެޕްޓޮޕްތަކުން ވެސް ކުރެވޭ ހުރިހާ ބޭނުމެއް ކުރެވޭނެ ތަފާތު އުފެއްދުމެކެވެ. އެހެން ނަމަވެސް އީއިންކް ސްކުރީންގައި ލިޔެވޭނީ ހަމައެކަނި ކަޅު ކުލައިންނެވެ. އީ އިންކް ޓައިޕްރައިޓަރުތައް ވެސް ހުރިއިރު، އެއީ ކީބޯޑަކާއި އީ އިންކް ޑިސްޕްލޭއަކާ ޖޯޑުކޮށްގެން ލިޔުންތެރިންނަށް އަރާމު އަދި ޑިސްޓްރެކްޝަން ފްރީ ލިޔުމުގެ ތަޖުރިބާއެއް ލިބޭނެ އުފެއްދުމެކެވެ. ފަހަރެއްގައި ލިނޯވޯ އިން ޓައިޕްރައިޓަރުތަކުން ނޯޓެއް ނަގައިގެން އީ އިންކް ލިޑް ކޮމްޕިއުޓަރާއި ތިންކްބުކް ޕްލަސް ލެޕްޓޮޕް އަދި އީ އިންކްގެ މައިގަނޑު ލެޕްޓޮޕް ޑިސްޕްލޭގެ ގޮތުގައިވެސް ބޭނުން ކުރެވޭނެ އެވެ.

ތިންކްބުކް ޕްލަސް ޑިޒައިންގެ "ޓްވިސްޓް" ނުތަވަ ވަށައި އަނބުރާލެވޭ ތިންކްބުކް ޕްލަސް ޓްވިސްޓް ލެޕްޓޮޕްތަކުގައި ތުނި އަދި ލުއި، އެންމެ އަތަށް ފަސޭހަ އިންޓެލްގެ އައި7 ސީޕީޔޫ ޕުރޮސެސަރު ހިމެނޭ އިރު 16ޖީބީގެ އެލްޕީޑީޑީއާރު5އެކްސް ރެމް އާއި ޓަޗް އެންޑް ޕެން (ސުމާޓް ގަލަން) ސަޕޯޓާއި 400 ނިޓްސްގެ ބްރައިޓްނެސް އާއި އެކު ސްނެޒީ 2.8ކޭ އޯއެލްއީޑީ ޕެނަލް ހިމެނެއެވެ.

އެކަމަކު ލެޕްޓޮޕްގެ ފަހަތަށް ބަލައިލާއިރު ފެންނާނީ 12 އިންޗީގެ އީ އިންކް ޓަޗް ޑިސްޕްލޭއެކެވެ. ކުލަ އިތުރުކުރުމާއި 12 ހޯސްޕަވަރުގެ ރިފްރެޝް ރޭޓްގެ ތިންކްބުކް ޕްލަސް ޖީލުގެ އެކަކާއި ދާދި އެއްގޮތް ސްކުރީނެކެވެ. އެހެން ނަމަވެސް ސްކުރީނުގެ އަނެއް ފަރާތަކީ މިހާރުވެސް މި ބޭނުން ކުރާފަދަ ކުލަ ސްކުރީނެކެވެ.

ސްކްރީން ކަނާތް ފަރާތަށް އަނބުރައިލުމުން، އީ އިންކް ޑިސްޕްލޭ ޑިވައިސްގެ ކުރިމައްޗަށް ދާއިރު، އޯއެލްއީޑީ ޑިސްޕްލޭ ކުއްލިއަކަށް ހުދު ކަރުދާހެއް ގޮތަށް ބަދަލުވާނެއެވެ. އެހެން ކަމުން ނޯޓް ލިޔާ މީހުންނަށާއި އެއްޗެއް ކުރަހާލަން ބޭނުންވާ މީހުުން ވަރަށް ގަޔާވާ އުފެއްދުމަކަށް މި އުފެއްދުން ވާނެ ކަމަށް ލިނޯވޯއިން ދެކެވެ. މިހާރު އޭގެ ޕްރައިމަރީ ޑިސްޕްލޭއެއްގެ ގޮތުގައި އީ އިންކް ސްކްރީނެއް ހުންނަ ލެޕްޓޮޕެއްގައި ވެސް ވިންޑޯޒް ބޭނުން ކުރެވޭނެ އެވެ. މިފަދަ ތަފާތު އުފެއްދުންތައް ލިނޯވޯއިން މި އަހަރު އަންނަނީ އުފައްދަމުންނެވެ.

ލިނޯވޯ ތިންކްބުކް ޕްލަސް އިޝްތިހާރެއް ---