ޒުވާނުން އިސްނަގައިގެން ވިލިމާލޭގައި ދީނީ ދަރުސްއެއް ބާއްވަން ނިންމައިފިއެވެ.

މިކަމުގައި އިސްކޮށް އުޅޭ ޒުވާނަކު "ވަން" އަށް މިއަދު ބުނީ އަންނަ ހުކުރު ދުވަހު ދީނީ ދަރުހެއް ބާއްވަން ނިންމާފައިވަނީ ވިލިމާލޭގެ ރައްޔިތުންނާއި ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށެވެ.

އޭނާ ބުނީ ކޮވިޑުގެ ކުރިންވެސް މިފަދަ ދަރުސްތައް އިންތިޒާމުކޮށްގެން ބޭއްވި ކަމަށާއި ނަމަވެސް މިއީ ކޮވިޑަށްފަހު ވިލިމާލޭގެ ޒުވާނުން އިސްނަގައިގެން ބާއްވާ ދެވަނަ ދަރުސް ކަމަށެވެ.

މި ދަރުސްތަކަށް ގިނަ ބައެއްގެ އެއްބާރުލުން ލިބޭ ކަމަށް އޭނާ ބުންޏެވެ.

"އޭ ޣާފިލްވެފައިވާ ޒުވާނާ"ގެ ނަމުގައި ބާއްވަން ނިންމާފައިވާ މި ދަރުސް ދެއްވަނީ ޝެއިހް އިބްރާހިމް ފަރީދު އަހުމަދެވެ. މި ދަރުސް އޮންނާނީ ހުކުރު ދުވަހުގެ ރޭ 20:45ގައި ވިލިމާލޭ ބަނދަރު ސަރަހައްދުގައެވެ.