އިންޑިއާއެކު ރާއްޖެއިން ތިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ވަނީ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ސޮއިކޮށްފައިވަނީ ގްރާންޓު އެހީއެއްގެ ގޮތުގައި 100 މިލިއަން ރުފިޔާ ދިނުމަށާއި ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ )އާއި އިންޑިއާގެ ޔުނިވާސިޓީ އޮފް ކޮޗިން (ސީޔޫއެސްއޭޓީ) އާއެކު ވެފައިވާ އެއްބަސްވުން އިތުރަށް ފުޅާކުރުމުގެ އެއްބަސްވުމެއްގައި ކަމަށެވެ.
މީގެ އިތުރުން ކަނޑުމަތީގެ ދެ އެމްބިއުލާންސެއް ވެސް އިންޑިއާއިން މިއަދު ހަދިޔާކުރިއެވެ.
ފޮރިން މިނިސްޓްރީން ބުނީ 100 މިލިއަން ރުފިޔާގެ ގްރާންޓުން ހަރަދު ކުރަން ހަމަޖެހިފައިވަނީ ހައި އިމްޕެކްޓު ޕްރޮޖެކްޓުތަކަށް ނުވަތަ މުޖުތަމައަށް ފައިދާ ކުރާނެ ޕްރޮޖެކްޓުތަކަށް ކަމަށެވެ. އެއްބަސްވުމުގެ ދަށުން ގައްދޫގައި އަޅާ ސްޕޯޓްސް ކޮމްޕެލްކްސްފައި ނެޓްބޯލް، ބެޑްމިންޓަން، ވޮލީބޯލް، ބިލިއާޑް އަދި ކެރެމް ކުޅެވެން ހުންނާނެ ކަމަށެވެ.
(އެމްއެންޔޫ) އާއި އިންޑިއާގެ ޔުނިވާސިޓީ އޮފް ކޮޗިން (ސީޔޫއެސްއޭޓީ) އާއެކު ވެފައިވާ އެއްބަސްވުން ފުޅާކުރުމުގެ އެއްބަސްވުމުގައި ސްޓޫޑެންޓް އެކްސްޗޭންޖް ޕްރޮގްރާމްތައް އަދި ދިރާސާތަކަށް ކުރުމަށް އިންޑިއާއިން އެހީ ފޯރުކޮށްދޭންވާނެ ކަމަށް ހިމަނާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު