ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމުގައި ހުންނަ މީހަކު ހޮވުމަށް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 9ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި އެކަން މިއަދު އިއުލާނުކޮށްފި އެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ފެށުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރަމުން ގެންދާ މަސައްކަތްތަކާބެހޭ މައުލޫމާތު މީޑިއާތަކާ ހިއްސާ ކުރުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ޖުލައިމަހުގެ 23 އިން އޯގަސްޓް ތިންވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައްވާނެ ކަމަށެވެ.
- ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިއުލާންކުރުން 9 އޯގަސްޓްގައި
- ކެނޑިޑޭޓުން ކެމްޕެއިން ކުރުމަށް ލިބޭ މުއްދަތު އޯގަސްޓް 10 އިން 8 ސެޕްޓެމްބަރަށް
- އިންތިހާބުގެ ފުރަތަމަ ބުރު، 9 ސެޕްޓެމްބަރުގައި
- ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އިއުލާންކުރުން 9 ސެޕްޓެމްބަރުގައި
- ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާންކުރުން އިންތިހާބު ބާއްވާތާ 7 ދުވަހުގެ ތެރޭގައި
- ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ، ދެވަނަބުރު ބޭއްވުން 30 ސެޓެމްބަރުގައި
- މަންދޫބުންގެ ގޮތުގައި ކުރިމަތި ލުމުގެ މުއްދަތު، 10 އިން 17 އަށް
- ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާއްމު ކުރުން މެއި 2 ގައި
- ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުން މެއި 2 އިން 2 ޖޫންއަށް
- އޮބްޒާވަރުން އަދި މޮނިޓަރުންނަށް ކުރިމަތިލުން، ޖުލައި 25 އިން 13 އޯގަސްޓަށް
- ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް، ޖުލައި 16 އިން 13 އޯގަސްޓަށް
- އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމް، އޯގަސްޓް 20 އިން 29 އަށް
- ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު (21 ދުވަސް) 16 ޖުލައި އިން 5 އޯގަސްޓަށް
- މަންދޫބުންގެ ގޮތުގައި ކުރިމަތި ލުމުގެ މުއްދަތު ހުޅުވާލުން 10 އޯގަސްޓް އިން 17 އޯގަސްޓަށް
ފުއާދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު ނުވައެއް ސެޕްޓެމްބަރާ ހަމައަށް 280،000 އަށް އަރާނެ ކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފަިއވާ މީހުންގެ އަދަދަށް ބަލާއިރު 18 އަހަރު ފުރިގެން އިތުރުވި މީހުންނާއި އަދި ނިޔާ ވުމުގެ ސަބަބުން އުނިކުރި މީހުންގެ ތެރެއިން 2018 އާއި 2023 ގެ ފަރަގަކީ ގާތް ގަނޑަަކަށް 20،000 މީހުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު