މާލެއިން މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ދ. މާއެނބޫދޫ/ ފަރިމާވިލާ، ހަސަން ރަމީޒް (34އ) އެވެ.
ޖެނުއަރީ ހަ ވަނަ ދުވަހުން ފެށިގެން ރަމީޒްގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުއެވެ.
ފުލުހުންގެ މީޑިއާއިން މިއަދު "ވަން" އަށް ބުނީ ރަމީޒް މިހާރު ފެެނިއްޖެ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ ފެނުނީ މާލެއިން ކަމަށް ބުނި ނަމަވެސް ފެނުނު ތާރީހެއް އަދި ތަނެއް ހާމައެއް ނުކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު