ޓެކްނޮލޮޖީ

2022 ވަނަ އަހަރު އުފެއްދި އެންމެ ތަފާތު ފޯނަކީ ނަތިންގް 1

އާދަމް ނަސީރު

1

ނަމުން ވެސް ތަފާތުކަމެއް ހުރި ނަތިންގްގެ ފުރަތަމަ ސްމާޓްފޯނަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި 2022 ވަނަ އުފެއްދި އެންމެ ތަފާތު ފޯނެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މިދިޔަ އަހަރުގެ އެންމެ މޮޅު އާ އުފެއްދުމަކީ ވެސް މި ފޯނެވެ. މި ފޯނުގައި ކަމުދާ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ޑިސްޕްލޭ، ސޮފްޓްވެއާ އަދި ޑިޒައިން ފަދަ ފޯނު އާންމުކޮށް ބޭނުންކުރާ ފަރާތްތަކަށް އިސްކަންދީގެން، 399 ޕައުންޑްގެ އަގަކަށް ވިއްކުމަށް އުފެއްދި މި ފޯނުގެ ބެޓެރީގެ ދިގުމިނާއި ކެމެރާގެ ކުޅަދާނަކަން ފަދަ ބައެއް ކަންކަމުގައި މަޝަހޫރު އައިފޯނު އަދި ސެމްސަންގް ފޯނުތަކަށް ދުލެއް ނުކުރެއެވެ. ފޯނުގެ ފަހަތުގައި ފްލެޝިން ލައިޓްތައް ހިމެނޭ ގޮތަށް، އުފެއްދި ނަތިންގ ފޯން 1 އަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި 2022 ވަނަ އަހަރު އުފެއްދި އަދި އެ ފޯނު ބޭނުންކުރި ގިނަބަޔަކު އެންމެ ޝައުގުވެރި ޓެކްނޮލޮޖީ ހިމެނޭ ފޯނެވެ.

ނަމުން ދޭހަވާ ގޮތުގައި ނަތިންގް ފޯން 1 އަކީ އިނގިރޭސިވިލާތުގައި އުފައްދާފައިވާ ސްޓާޓްއަޕް "ނަތިންގް" ކުންފުނީގެ ފުރަތަމަ ސްމާޓްފޯނެވެ. ޗީކީ މާކެޓިން ސްޓްރެޓެޖީތަކާއި ޓެކްނޮލޮޖީ ވައުދުގެ ތެރެއިން މީގެ ގާތްގަނޑަކަށް އެއް އަހަރު ކުރިން ފެށި މި ކުންފުނީގެ ފޮލޯވަރުންތަކެއް ބޭނުންވިގޮތަށް ބިނާކޮށް، ސީރީޒް ބީގެ ފަންޑުން 70 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދައިގެން އުފެއްދި މިފޯނަކީ މިދިޔަ އަހަރުގެ އެންމެ ސައުޤުވެރި އެންމެ ތަފާތު ފޯނުކަމަށް ބެލެވިދާނެވެ. ގިނަ އަދަދެއްގެ ސްމާޓްފޯނުތައް ރިވިއުކޮށްފައިވާއިރު، މީގެ ކުރިން އަހަރުތަކުގައި ފެނިފައިވާ ފޯނުތަކުން އިހުސާސް ނުކުރެވޭ ތަފާތު ކަމެއް އަދި ފޯނު ބޭނުން ކުރުމުގައިވެސް އާ ފޯރިއެއް ނަތިންގް ފޯން 1 ގައި އެބަހުއްޓެވެ. މި ފޯނު ބޭނުންކޮށްފައިވާ ފަރާތްތަކުން ދެކޭ ގޮތުގައި މި ފޯނުގެ އެންމެ ޝައުގުވެރި ކަމަކީ ފޯނުގެ ފަހަތުން ދިއްލޭ ލައިޓްތަކުން ބުނެދޭ ވާހަކަ ތަކެވެ. ކެމެރާ ވަށައިގެންވާ ލައިޓްގެ އިތުރުން ފޯނު ޖާޗުދައްކައިދޭ ލައިޓާއި ފޯން ކޯލެއް އައުމުން ދިއްލޭ ރީތި ދިއްލުންތަކުންވެސް މި ފޯނަށް ފުރިހަމަކަމެއް ލިބިގެންދެއެވެ.

ބާޒާރުގައި ހުރި އަގުބޮޑު ފޯނުތަކަށް ވުރެ ނަތިންގް ފޯން 1 ގެ އަގު މާ ބޮޑަށްވެސް ހެޔޮވެފައި އަގު ފެށެނީ 399 ޕައުންޑަށެވެ. ޑޮލަރުން ޖެހޭ އަގަގީ ގާތްގަނޑަކަށް 479 ޑޮލަރެވެ. ނަތިންގް ފޯން 1 ގައި އެންމެ ބޮޑަށް އަޅައިގަންނަ ކަމަކީ ފޯނުގެ ޑިޒައިނެވެ، ސައިޒަށް ބަލާއިރު އައިފޯން 14 އާ ވައްތަރުވިޔަސް ފޯނުގެ ސިފައާއި އިހުސާސްތަކާއި ފަންކްޝަންތައް ފެންނަނީ މުޅީން ތަފާތުކޮށް، މާބޮޑަށްވެސް ލުއި އެންޑުރޮއިޑް އޮޕަރޭޓިން ސިސްޓަމްވެސް މި ފޯނަށް ފެތޭ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާތަނެވެ.

ސްޕެސިފިކޭޝަންސް

ޑިސްޕްލޭ؛ 120 ހޯސްޕަވަރުގެ ރިފްރެޝް ރޭޓާއެކު 6.55 އިންޗީގެ އޯއެލްއީޑީ ހިމެނޭއިރު ބޮޑުމިނުގައި 6.27x2.98x0.33 އިންޗި (159.2x75.8x8.3 އެމްއެމް) ބަރުދަނުގައި 193.5ގ އެވެ. ޕްރޮސެސަރަކީ ކުއަލްކޮމް ސްނެޕްޑްރެގަން 778ޖީ ޕްލަސް އެވެ. ކެމެރާ ގައި 50އެމްޕީ ވައިޑް، 50އެމްޕީ އަލްޓްރާ ވައިޑް، އަދި 16އެމްޕީ ފްރަންޓް ކެމެރާއެއް ހިމެނެއެވެ. 8ޖީބީ/12ޖީބީ ރެމް އާއި އެކު 128/256ޖީބީ ސްޓޯރޭޖް ލިބޭނެ އެވެ. ބެޓަރީ 4،500އެމްއޭއެޗްގެ 33 ވޮޓް ވަޔަޑް ޗާޖިން އާއި 15 ވޮޓް ވައިރަލްސް އާއި އެކު 2 ކުލަ ހިމެނެވެ. ހުދު އަދި ކަޅު ކުލައެވެ.