ލޭގެ ޕްރެޝަރު ދަށްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދިނުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދޫކޮށްލައިފިއެވެ.
މައުމޫން، ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ މިއަދުއެވެ. އެޑްމިޓް ކުރި ނަމަވެސް މަނިކުފާނުގެ ހާލު ރަނގަޅު ކަމަށް މިއަދު ހެނދުނުވެސް މައުމޫން ވިދާޅުވެފައިވެއެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ބައެއް ޓެސްޓުތައް ހެދުމަށް ކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެސްޓްތަކެއް ހެދުމަށް ފަހު، އެއްވެސް މައްސަލައެއް ނެތުމުން ހޮސްޕިޓަލުން އެމަނިކުފާނު މިރޭ ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.
ރައީސް މައުމޫންގެ ޓްވީޓުގައި ވަނީ އެމަނިކުފާނަށް ފުރިހަމަ ސިއްހަތަކަށް އެދި ދުއާ ކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ނަރުހުންނާއި ޑޮކްޓަރުންގެ ފަރާތުން ދިން ހިދުމަތަށް ވެސް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު