ޓެކްނޮލޮޖީ

ގޫގްލް ޖީމެއިލަށް އިތުރު ރައްކާތެރިކަން، ކްލަޔަންޓް އެންކްރިޕްޝަން ތައާރަފުކޮށްފި

އާދަމް ނަސީރު

ގޫގުލް އިން ވިއްކާ ޖީމެއިލްގައި ކްލަޔަންޓް ސައިޑް އެންކްރިޕްޝަންގެ ރައްކާތެރިކަން ހިމަނައި އެކަން ތައާރަފުކޮށްފައިވާ ކަން އިއުލާނު ކޮށްފިއެވެ. މި ހިދުމަތާއި އެކު އޯގަނައިޒޭޝަން ތަކަށް އެ މީހުންގެ ޑޮމެއިން ބޭނުންކޮށްގެން ގޫގުލްގެ ޖީސުއިޓްގައި ހަދާ އީމެއިލް ފޮނުވުމުގެ ކުރިން އަމިއްލަ އެންކްރިޕްޝަން ކީ ބޭނުންކޮށް، ޑޭޓާ އެންކްރިޕްޓް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އެހެން ނަމަވެސް މި ބީޓާ ލިބެން އަދި ހުރީ ހަމައެކަނި ގޫގުލް ވޯކްސްޕޭސް އެންޓަޕްރައިސް ޕްލަސް، އެޑިއުކޭޝަން ޕްލަސް އަދި އެޑިއުކޭޝަން ސްޓޭންޑަޑްގެ ކަސްޓަމަރުންނަށެވެ. ކުރީން ޖީ ސުއިޓްގެ ނަމުން ނަންދެވިފައިވާ ގޫގުލް ވޯކްސްޕޭސް އެކުލެވިގެންވަނީ ކުންފުނިތަކަށާއި ޖަމިއްޔާ ފަދަ ތަންތަނަށް ފަރުމާކޮށްފައިވާ އެޕްތަކާއި އެހެންވެސް ހިދުމަތްތަކާ އެކުގައެވެ.

އެންކްރިޕްޝަން ބޭނުން ކުރުމުން އީމެއިލްގައި ހިމެނޭ އެޓޭޗްމަންޓްތަކާއެކު ފޮނުވާ ހުރިހާ ފޮޓޯ، ވީޑިއޯ، އަދި އެކިއެކި ފައިލްތަކާއި އާންމު ޑޭޓާތައް ރައްކާތެރިކޮށްދޭނެއެވެ. އަމިއްލައަށް އީމެއިލްތައް އެންކުރިޕްކުރުމުން އެ ޑޭޓާ ޑިކްރިޕްޓް ކުރުމުގެ ފުރުސަތު ޖީމެއިލަކަށްވެސް ނުލިބޭނެވެ. ނަމަވެސް އީމެއިލް ހެޑަރ، ޓައިމްސްޓޭމްޕް އަދި ރިސީވަރ ލިސްޓް އެންކްރިޕްޓެއް ނުކުރެވޭނެއެވެ.

މި އާ ރައްކާތެރިކަމާ އެކު ޑޮމެއިންގެ އެތެރެ އާއި ބޭރުން އެންކްރިޕްޓް ކޮށްފައިވާ އީމެއިލްތައް ފޮނުވުމާއި ލިބިގަތުމުގައިވެސް ބޮޑު ރައްކާތެރިކަމެއް ލިބޭނެއެވެ. މި އެންކްރިޕްޝަން އިން އީމެއިލްގެ މައިގަނޑުގެ އިތުރުން އިމޭޖްތައް ހިމެނޭ ގޮތަށް އެޓޭޗްމަންޓް ރައްކާތެރިކޮށްދޭ ނަމަވެސް އީމެއިލް ހެޑަރ، ސަބްޖެކްޓް، ޓައިމްސްޓޭމްޕް ނުވަތަ ރިސީވަރ ލިސްޓްތައް ސެކިއުރިޓީއެއް ނުކުރެއެވެ.

އީމެއިލް ފޮނުވާ މީހާގެ އަމިއްލަ ކްލައިންޓް ސައިޑް އެންކްރިޕްޝަން އަކީ އެ އީމެއިލް އަކާއި އަދި އެ ޑޭޓާގެ ސިއްރު ހިފެހެއްޓޭނެ ހަރުދަނާ އެއްޗެއް ކަމަށާއި ޑޭޓާ ސޮވަރިންޓީ އާއި ކޮމްޕްލައިންސްގެ ފުޅާ ދާއިރާއެއްގައި ބޭނުންވާ ކަންކަން ހައްލު ކުރުމަށް އެހީތެރިވެދޭ ކަމެއްގެ ގޮތުގައި ގޫގުލް އިން ނެރުނު ބްލޮގް ޕޯސްޓެއްގައި ބުނެފައިވެ އެވެ. ހާއްސަކޮށް ނާޒުކު ޑޭޓާ ނުވަތަ ފިކުރީ މުދާ ރައްކާކުރާ ޖަމިއްޔާތަކަށް ކްލައިންޓް ސައިޑް އެންކްރިޕްޝަންގެ މުހިންމުކަން ވަރަށްވެސް ބޮޑުވާނެއެވެ.

ގޫގުލް ސަޕޯޓް ސެންޓަރ ޕޭޖުން ޖެނުއަރީ 20، 2023 ގެ ނިޔަލަށް ބީޓާ އެޕްލިކޭޝަންތައް ބަލައިގަންނައިރު، އެންކްރިޕްޝަން ބީޓާ ގޫގުލް ވޯކްސްޕޭސް އެސެންޝިއަލްސް، ބިޒްނަސް ސްޓާޓަރ، ބިޒްނަސް ސްޓޭންޑަޑް، ބިޒްނަސް ޕްލަސް، އެންޓަޕްރައިސް ފަދަ ޕެކޭޖްތައް ގަންނަ މީހުންނަށް މި ހިދުމަތް މިހާރު ލިބޭނެއެވެ.