ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަލީ ހާލިދު އައްޔަންކުރަން ނިންމައިފިއެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލީ ހާލިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމުގެ ދައުރު ވަނީ މިދިޔަ ހޮނިހިރު ދުވަހު ހަމަވެފައެވެ. އަދި އެމަގާމުން އެ ދެ ބޭފުޅުން ވަނީ ވަކިވެފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން "ވަން" އަށް މިއަދު ވިދާޅުވީ އަލީ ހާލިދު ދެވަނަ ދައުރަކަށް ޕްރައިވަޓައިޒޭޝަން ބޯޑުން އައްޔަންކުރާނެ ކަމަށެވެ. އަދި ޝަމީމް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ ފަރާތްތަކުގެ ދައުރަކީ ހަތަރު އަހަރެވެ.
ޕީއެސްއެމް ހިންގުން ވަގުތީ ގޮތުން މިހާރު ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ ސީނިއާ މެނޭޖުމެންޓުގައި ހިމެނޭ ޑިރެކްޓާ ޕްރޮކިއުމެންޓް މުހައްމަދު ސާއިދާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު