ޓެކްނޮލޮޖީ

ޒިއޯމީ 13 ޕްރޯ : 50 މެގަޕިކްސެލްގެ 3 ކެމެރާ ހިމެނޭ ހަމައެކަނި ފޯނު

އާދަމް ނަސީރު

ޒިއޯމީ 13 ޕްރޯ އަކީ އާދައިގެ ފޯނެއް ނޫނެވެ. 50 މެގަޕިކްސެލް 3 ކެމެރާ ހިމެނޭ ޒިއޯމީން ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ތަފާތު ފޯނެއް ބާޒާރަށް ނެރެ ފޯނު އުފައްދާ އެހެން ކުންފުނިތައް ހައިރާން ކޮށްލައިފައެވެ. އެ ކުންފުނިން އުފައްދާ ފޯނުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮންމެ އަހަރަކުވެސް މަސައްކަތް ކުރަމުން އަންނައިރު، 13 އަދި 13 ޕްރޯ ފްލެގްޝިޕް ފޯނު މޮޑެލް އާއި އެކު ގިނައިން ފޮޓޯ ނެގުމަށް ޝައުގުވެރިވާ ގިނަ ބަޔަކު މި ފޯނު ގަތުމަށް ކެއތްމަދުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

ޗައިނާގެ އޯއީއެމްގެ ރަސްމީ ޕޯސްޓުގައި (އޮޕަންސް އިން ނިއު ޓެބް) ބުނާ ގޮތުން ޒިއޯމީ 13 އަދި 13 ޕްރޯ މިހާރު ވަނީ އެންމެ ވަރުގަދަ ކެމެރާ ހިމެނޭ އަދި އެންމެ ތަފާތު ޑިޒައިނެއް އެކުލެވޭ ފޯނަށް ވެގެންގޮސްފައެވެ.

މި "ޑަބަލް ކަރވް" އެންމެ ފަހުގެ ޑިސްޕުލޭ ހިމެނޭ ޒިއޯމީ 13 ޕްރޯގައި 6.73 އިންޗީގެ އެމޮލެޑް 120 ހޯސްޕަވަރުގެ ޑިސްޕްލޭއަށް ހިމެނެއެވެ. އެހެން ކަމުން އެންމެ ފަހުގެ ގޭމްތައް ކުޅުމަށްވެސް މިފޯނަކީ ފުރިހަމަ ފޯނެކެވެ. ފުލްސްކްރީން ބްރައިޓްނެސް ކެޕޭސިޓީ 1،200 ނިޓް ލިބިފައިވާއިރު، ޕީކް ބްރައިޓްނެސް 1،900 ނިޓް އަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފުރިހަމަ ފޯނުގައި ހުރި ތަފާތަކީ ޒިއޯމީ 13 ޕްރޯގެ ކެމެރާތަކުގައި ބޭނުންކޮށްފައިވަނީ ކުރިން ޒިއޯމީ 12އެސް އަލްޓްރާގައި ހިމެނޭ ލޭއިކާ ޕްރޮފެޝަނަލް އޮޕްޓިކްސް ކަމެވެ. ޗައިނާގެ އޯއީއެމް އިން ބުނާ ގޮތުގައި އެ ކުންފުނީގެ ސެޓްފިކެޓް ލިބިފައިވާ ލެންސެއްގެ ސަބަބުން އުނިކަމެއް ނެތް ހައި ރިޒޮލިއުޝަން ފޮޓޯ ނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 13 ޕްރޯގެ ފަހަތުގައި ހުންނަ 50 އެމްޕީ ލެންސްގައި 8 އެސްފެރިކަލް ލެންސުން އެކުލެވޭ 1 އިންޗީގެ ޓައިޕްގެ އަލްޓްރާ ލާޖް ސޮނީ އައިއެމްއެކްސް 989 ސެންސަރެއް ހިމެނޭނެއެވެ.

ޒިއޯމީ 13 ޕްރޯ ފޯނު އިތުރަށް ވަރުގަދަ ކުރުމަށް ދާދި ފަހުން ނެރުނު ސްނެޕްޑްރެގަން 8 ގެ ދެވަނަ ޖެނެރޭޝަންގެ ޕުރޮސެސަރު ހިމެނެއެވެ. ޒިއޯމީން ބުނާ ގޮތުގައި މި އާ ޗިޕަކީ ޑިވައިސްގެ ޕާފޯމަންސަށް 37 ޕަސެންޓުގެ ކުރިއެރުމެއް ގެނެސްދޭ ކަރަންޓް ބޭނުންކުރާ މިންވަރު 47 ޕަސެންޓު ދަށްކޮށްދޭ ޗިޕެކެވެ. މި ޑިވައިސްގެ އާ އެޑްރިނޯ ޖީޕީޔޫ އިން ޕާފޯމަންސް 42 ޕަސެންޓް ރަނގަޅުކޮށްދޭއިރު ޕަވަރ ކޮންސިއުމަންޓް 49 ޕަސެންޓް ދަށްވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޒިއޯމީ 13 ޕްރޯގައި ޗައިނާގެ އޯއީއެމްގެ ވަރަށް ފުރިހަމަ ޗާޖިން ޗިޕް ހިމެނޭއިރު، 4،820 އެމްއޭއެޗްގެ ބެޓެރީގެ ސަބަބުން މިފޯނަކީ މުޅި ދުވަހު ބެޓެރީ ހިފަހައްޓާނެ ވަރުގަދަ ރީތި ފޯނެކެވެ.