ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދާ ގުޅޭގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ބަލަން ނިންމާފައިވަނީ، އަވަސް ނިޔާގެ ހުކުމް ކުރަންޖެހޭ މައްސަލައެއްގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 151 ވަނަ މާއްދާގެ (ބ) އާ ހިލާފަށް، އެ މައްސަލައިގެ ހުކުމް ކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް 2022 މިމަހުގެ 21 ވީ ބުދަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާއިން ކޮމިޓީ އެކުލަވާލާފައިވާ ކަމަށްވެސް ބުންޏެވެ.