ޚަބަރު

''ދިރިއުޅުމަކީ މިއީބާ؟'' އިން މަޝްހޫރުވި ކޮމެޑީ އެކްޓަރު އިބްރާހިމްބެ ނިޔާވެއްޖެ

ކޮމެޑީ އެކްޓަރު ޔޫސުފް ރަފީއު (ޔޫސޭ)ގެ މަޝްހޫރު ކޮމެޑީ ސިލްސިލާ, ދިރިއުޅުމަކީ މިއީބާ?" އިން ދިވެހިންގެ މަގުބޫލުކަން ހޯދި އަބްދުالله އަލީ (އިބްރާހިމްބެ) ނިޔާވެއްޖެއެވެ.

މާލެއަށް އުފަން އިބްރާހިމްބެ ނިޔާވީ ބަލިވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރުއެވެ. ނިޔާވި އިރު އުމުރަކީ 57 އަހަރެވެ.

އިބްރާހިމްބެގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ދިރިއުޅުމަކީ މިއީބާއިން އެކްޓިންއަށް ނުކުތް އިބްރާހިމްބެ ގިނަ ބަޔަކަށް މަޝްހޫރުވެފައި ސޯޓުބުރިއެއް ލައިގެން ބޮލާއި މަތިމަހުގައި ކުލަ ޖައްސައިގެން އުޅޭ ރުޅިގަދަ ކޮމެޑީ އެކްޓަރެއްގެ ގޮތުގައެވެ. އިބްރާހިމްބެ ވަނީ ބައެއް ޓީވީ އިޝްތިހާރުތައްވެސް ކުޅެފައެވެ.