ގއ. ދާންދޫއަށް އަލަށް އިތުރުކުރި ބިން ރަސްމީކޮށް ކައުންސިލާ މިރޭ ހަވާލުކޮށްފިއެވެ.
ދާންދޫ ހިއްކި ބިމުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ދާންދޫއަށް އިތުރުކުރި ބިން ކައުންސިލާ ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 10 ނޮވެމްބަރު 2021ގަ އެވެ. އަމަލީ މަސައްކަތް ފެށީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ޖުމުލަ 186.6 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކައި, އެ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް 2773 ވެލިބަސްތާ އަދި 31,451 ޓަނުގެ ހިލައިގެ ހިޔާމަތުގެ އައްސޭރިފަށެއް ގާއިމުކޮށް 848 މީޓަރުގެ ރިވެޓްމަންޓް ޖަހާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު