ކުރިއަށް އޮތް ދެތިން މަސް ތެރޭގައި މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ހައްލެއް ހޯއްދައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވީ، ގއ. އަތޮޅުގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ދާންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް އެދެވޭ ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ހައްލުތަކެއް ހޯދައިދެވޭނެ ކަމަށެވެ.
ބައްދަލުވުމުގައި ދާންދޫގެ ރައްޔިތުންގެ ފަރާތުން ވަނީ އެ ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ މުހިންމު ކަމާއި ދޯނިފަހަރު އެހެލާނެ ސަރަހައްދެއް ގާއިމުކުރުމުގެ މުހިންމު ކަމަށް ބުނެފައެވެ. އަދި މަސްކިރުމުގައި ދިމާވާ ދަތިތަކާއި އެއާޕޯޓެއްގެ މުހިންމުކަމުގެ އިތުރުން އެ ރަށުގައި ފަތުރުވެރިކަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކުރިއެވެ.
އޭގެ އިތުރުން ދާންދޫގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއީ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ އިތުރުން އެ ރަށު ސްކޫލަށް ބޭނުންވާ ކަންކަން ރައްޔިތުން ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު