ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގައި ހުޅުޖަހަން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ހިތްވަރު ދެއްވައިފިއެވެ.
މީގެ ކުރީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ހިތްވަރުދިން އައްބާސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ.
"(ހުޅުޖެހުމުގެ) ބަދަލު އަދި އޮތީ ނުހިފި. އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ" ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހޭޝްޓެގާއެކު އައްބާސް ވިދާޅުވިއެވެ.
އައްބާސް މީގެ ކުރީން ވަނީ ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނަގަން އަމުރު ކުރި ކްރިމިނަލް ކޯޓުގެ ގާޒީއަކަށްވެސް އިންޒާރު ދީފައެވެ.
ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނީ އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި އައްޑޫގައި ހުންނަ ޕޮލިސް ޓްރޭނިން އެކަޑަމީގައި އާއި ސ. މީދޫ މެޖިސްޓްރޭޓް ކޯޓާއި އެ އަވަށު ޕޮލިސް ސްޓޭޝަން ފިޔަވައި އައްޑޫ ސިޓީގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖެހިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު