ހުޅުމާލޭގައި ކައުންޓްލައިންގެ އާ އައުޓްލެޓެއް ހުޅުވައިފިއެވެ.

ކައުންޓްލައިންއަކީ ތަފާތު ވައްތަރުގެ ކޭކާއި ޗޮކްލެޓް ވިއްކުމަށް ރާއްޖޭގައި މަޝްހޫރު ފިހާރައެކެވެ.

ކައުންޓްލައިންގް އާ ފިހާރަ ހުޅުވާފައިވަނީ ހުޅުމާލޭގެ އައުޓްޑޯ ސްޕޯޓްސް ކޮމްޕްލެކެސްގައެވެ. އެ އައުޓްލައިޓް ހުޅުވައިދެއްވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސީއޯއޯ ޝާތިރު އަބްދުލް ރަހުމާނެވެ.

ކައުންޓްލައިންގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އިސްމާއީލް ޒާހިރު "ވަން" އަށް މިއަދު ވިދާޅުވީ، ހުޅުމާލޭގައި އަލަށް ހުޅުވި އައުޓްލެޓަކީ ހުޅުމާލޭގައި ސަރަހައްދުގެ މެއިން ހޯލް ސޭލް ސެންޓަރު ކަމަށެވެ. އަދި އެ ފިހާރައިން ރީޓެއިލްކޮށް ވެސް މުދާ ވިއްކާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހުޅުމާލޭގައި ރޭ ހުޅުވާފައި މިވަނީ އެ ސަރަހައްދަށް ހާއްސަ ކައުންޓްލައިންގެ ހޯލް ސޭލް ސެންޓަރު، ހޯލް ސޭލްގެ އިތުރުން އެ އައުޓްލައިނުން ރީޓެއިލް ކޮށް ވިޔަފާރި ކުރެވެން ހުންނާނެ،" އިސްމާއީލް ޒާހިރު ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ކައުންޓްލައިންގެ ނުވަ ފިހާރައެއް އަންނަނީ ހިންގަމުންނެވެ. އެ ހުރިހާ ފިހާރަތަކަކީ ވެސް އާންމުގެ މެދުގައި މަގުބޫލު އަދި އިތުބާރު ހޯދާފައިވާ ފިހާރަތަކެވެ.

ކައުންޓްލައިނުން ވިއްކާ ޗޮކްލެޓާއި ކޭކަކީ އާންމުންގެ މެދުގައި މަގުބޫލު ބްރޭންޑުތަކެވެ. ކައުންޓްލައިނުން ވިއްކާ ޗޮކްލެޓާއި ކޭކުތަކުގެ މައުލޫމާތު https://www.countlinemaldives.com/ ލިބެން ހުންނާނެއެވެ.