ފެމިލީ ކޯޓުގައި މިއަދު (22-12-2022) 58 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ. މިއީ މި އަހަރުގެ ތެރޭގައި އަންނާނެ އެންމެ ފަހު ރީތި ތާރީހެވެ.
ފެމިލީ ކޯޓުން މިއަދު ބުނި ގޮތުން މިއަދު ކުރަން ރަޖިސްޓްރީ ކޮށްފައިވާ ކައިވެނިތަކުގެ ތެރެއިން 25 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޯޓުގައި ކަމަށެވެ. އަދި 33 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ނުރަަސްމީ ގަޑީގައެވެ.
ރީތި ތާރީހުތަކާ ދިމާކޮށް ކައިވެނިކުރާ މީހުން ގިނައެވެ. އެގޮތުން މި އަހަރުގެ ފެބުރުއަރީ މަހުގެ 22، 22-2-2022 ވަނަ ދުވަހު އެކަނިވެސް 85 ކައިވެނި ފެމިލީ ކޯޓުގައި ކޮށްފައިވެއެވެ.
މީގެ ކުރިން އެންމެ ގިނައިން ކައިވެނިކުރި ރީތި ތާރީހުތަކުގެ ތެރޭގައި 10.10.2010، 11.11.2011 އަދި 12.12.2012 ފާހަގަކޮށްލެވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ކައިވެނި އެއް ދުވަހެއްގައި ކޮށްފައިވަނީ 12.12.2012 ގައެވެ. އެ ދުވަހު 54 ކައިވެންޏެއް ކޮށްފައިވެއެވެ.