އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިންތިހާބުކޮށްފިއެވެ.
އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ މަގާމު ހުސްވީ، އެ މަގާމަށް ކުރިން އިންތިހާބު ކުރި އިބްރާހީމް ވަހީދު (އިބުރޭ) އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ.
އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލީ އަކްރަމާއި ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހުމަދު ހާޝިމް (ޓިންޓިން) އަދި ހެލެތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ.
މިއަދު ބޭއްވި އިންތިހާބުގައި 4129 މީހުން ވޯޓުލާފައިވާ އިރު، އިންތިހާބު އަކްރަމް ކާމިޔާބު ކުރެއްވީ 2،988 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 71 ޕަސެންޓެވެ. ހާޝިމަށް 291 ވޯޓު ލިބިވަޑައިގެންނެވި އިރު، އާދިލަށް ލިބިވަޑައިގަތީ 850 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު