ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ސ. ހުޅުދޫ، ސީނިއަސްރުމާގެ މުހައްމަދު ޖައިލަމް 34އ. އެވެ.
ފުލުހުން މިއަދުކުރި ޓުވީޓެއްގައި ބުނީ، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ޖައިލަމް ގެއްލިގެން އުޅޭ ކަމަށް އޭނާގެ އާއިލާއިން އިއްޔެގެ 10:54 އެހާކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ޖައިލަމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލޭ ފޭސް ދޭއްގައި ކަމަށާއި އޭނާ އެންމެ ފަހުން ފެނުނު އިރު ލައިގެންހުރީ ގަދަ ނޫކުލައިގެ ޓީޝަޓަކާއި ނޫކުލައިގެ ޖިންސެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ފަހުން ބުނީ، އޭނާ މިރޭ 7:14 ހާއިރު ގެއަށް އައިސްފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ޒުވާނާގެ ހާލު ރަނގަޅުކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު