މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްކަމަށް ޕަބްލިކް ސާވިސް މީޑިއާގެ ޓެކްނިކަލް އޮޕަރޭޝަން މެނޭޖަރު އަހުމަދު މުސްތަފާ އަދި ނައިބަކަށް ވަގުތު އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު ހުސައިން ޝަރީފް އިންތިހާބުކޮށްފިއެވެ.
އެމްއެމްސީގެ އާ ދައުރަކަށް، އެ ކައުންސިލަށް ރައީސަކާއި ނައިބު ރައީސަކު އިންތިހާބުކޮށްފައި މިވަނީ، މިއަދު އެކަމަށް ބޭއްވި ޖަލްސާއެއްގައި މެންބަރުންގެ މެދުގައި ވޯޓު ނަގައިގެންނެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އެމްއެމްސީގެ ސެކެޓްރީ ޖެނެރަލް އިބްރާހީމް ސަމީރެވެ.
އެމްއެމްސީގެ ރައީސް ކަމަށް މުސްތަފާ އިންތިހާބުކޮށްފައިވަނީ، ނުވަ މެންބަރުންގެ ވޯޓުންނެވެ. ނައިބަކަށް ހުސައިން ޝަރީފް އިންތިހާބުވީ ހަތް މެންބަރުންގެ ވޯޓުންނެވެ.
އެމްއެމްސީގެ ރައީސްއާއި ނައިބު ރައީސް އިންތިހާބުކުރަން މިއަދު ބޭއްވި ޖަލްސާ ބޭއްވީ އެމްއެމްސީގެ ގަވައިދުގެ ތެރެއިންތޯ ބައެއް މެންބަރުން ސުވާލު އުފައްދަވައި ވޯޓުގެ ނަތީޖާއާ މެދު ސުވާލު އުފެއްދެވުމުން ޖަލްސާ ގަޑިއެއްހާއިރަށް މެދުކަނޑާލިއެވެ. އެއީ ވޯޓުގެ ސައްހަކަން ކަށަވަރުކުރުމަށެވެ. ޖަލްސާ އަލުން ފަށައި، އެމްއެމްސީގެ ލީގަލް ޓީމުން ވަނީ އިންތިހާބުގެ ނަތީޖާ ސައްހަ ކަމަށް ކަނޑައަޅައިފައެވެ.
މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. ނަމަވެސް މީޑިއާ ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް އިންތިހާބުކޮށްފައިވަނީ 13 މެންބަރުންނެވެ.
މިގޮތުން މީޑިއާތަކުން އިންތިހާބުކުރަން 8 މެމްބަރުންގެ ތެރެއިން މިފަހަރު އިންތިހުބުކުރީ 7 މެންބަރުންނެވެ. އާއްމު މެމްބަރުންގެ ގޮތުގައި އިންތިހާބުކުރަން ޖެހޭ 7 މެންބަރުންގެ ތެރެއިން މިފަހަރު އިންތިހާބުކުރީ 6 މެމެބަރުންނެވެ. އެއީ މިހާރު ހިނގަމުންދާ މީޑިއާ ކައުންސިލްގެ މިދަރުރުގެ މެދުތެރޭގައި މީޑިއާތަކުންނާއި އާއްމުންގެ ތެރެއިން ދެ މެންބަރަކު އިންތިހާބުކޮށްފައިވާތީއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދައުރަކީ ދެ އަހަރު ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު