ކ. ކަނޑުއޮތްގިރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލާއި ބޮޑު ހިިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ކަނޑުއޮތްގިރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ނެރުގެ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 46 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
ޖުމުލަ 36 މިލިއަން ރުފިޔާގެ މި މަޝްރޫއު ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން، 10،000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 10،000 މީޓަރުގެ ނެރު ފުންކުރުމާއި 125 މީޓަރު އެއްގަމު ތޮށި އަދި 50 މީޓަރުގެ ބޭރުތޮށި ލުމާއި 63 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 15 މީޓަރުގެ ޝީޓް ޕައިލްކުރުން ހިމެނެއެވެ. އަދި ޕޭވްމަންޓް ހެދުމާއި ނެރުބައްތި އާއި މަގުބައްތި ހަރުކުރުމާއި ލޮނުފެނާއި ރީތިފެން ލިބޭނެ ފެންލައިން އެޅުމުގެ އިތުރުން އީއައިއޭ ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މިފްކޯގެ ބެލުމުގެ ދަށުގައި އޮންނަ ކަނޑުއޮތްގިރިއަކީ އެ ކުންފުނިން ބާޒާރަށް ނެރޭ އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންކުރާ ރަށެކެވެ. އެގޮތުން ކަނޑުއޮތްގިރީގައި މިހާރު ގާއިމުކޮށްފައިވާ ފެސިލިޓީއަކީ ބޮޑު ކަންނެލި ޕްރޮސެސްކުރެވޭ ފެންވަރަށް ތަރައްގީކުރެވިފައިވާ ފެސިލިޓީއެކެވެ.
ޚަބަރު
ޚަބަރު