ތައިލެންޑްގެ ފުކެޓްގައި މިހާރު ކުރިއަށްދާ 13 ވަނަ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ 55 ކިލޯ ކެޓަގަރީން ރާއްޖޭގެ މުހައްމަދު މޫސާ (މޯޑު)، މިފަހަރުވެސް ރިހި މެޑަލް ހޯދައިފިއެވެ.
މޯޑު މިއަދު ހޯދި މެޑަލްއަކީ މި ފަހަރު ރާއްޖޭގެ ޓީމުން ހޯދި ފުރަތަމަ މެޑަލްއެވެ. މޯޑު ވަނީ މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފައެވެ. އަދި އޭގެ ކުރިން 2019ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި މޯޑު ލޯ މެޑަލް ހޯދައިދިނެވެ.
އޭނާ ވަނީ މި އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގައި 55 ކިލޯ ކެޓަގަރީން ރަން މެޑަލް ހޯދައިފައެވެ.
ތައިލެންޑުގެ ބެންގްކޮކްގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ހަތް އެތުލީޓުން ވާދަކުރެއެވެ. ގައުމީ ބޮޑީ ބިލްޑިން ޓީމުގެ ކޯޗަކީ މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައިވެސް ގައުމީ ޓީމަށް އިރުޝާދުދިން އަބްދުލް ހަސީބެވެ.
މި މަހުގެ 6-12 އަށް ތައިލެންޑުގައި ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ދުނިޔޭގެ 44 ގައުމަކުން ވާދަކުރެއެވެ.