އިނގިރޭސި ވިލާތަށް ނިސްބަތްވާ ޒުވާނަކު ރާއްޖޭގައި އިސްލާމްދީން ގަބޫލުކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ގްރޭޓް ބްރިޓަން އެންޑް ނޮދަން އަޔަލެންޑްއަށް އުފަން ރޮބާޓް ކަލެބް ސްޓްރޭންޖް ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ އެ މީހާ އިސްލާމް ދީން ގަބޫލުކޮށް، ޝަހާދަތުގެ ދެ ކަލިމަ ކިޔާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އިސްލާމްވުމަށް ފަހު ވަނީ އޭނާގެ ނަން އުމަރަށް ބަދަލުކޮށްފައެވެ.

އިސްލާމް ދީން ގަބޫލުކުރުމުން އިސްލާމިކް މިނިސްޓްރީން ދޭ ސެޓްފިކެޓް އޭނާއާ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

އިސްލާމްވި ޒުވާނާއަކީ ބޭންކް އޮފް މޯލްޑިވްސްގެ ޗެއާމަން ކަން ކުރިން ކުރެއްވި އަދި ދީނީ އިލްމުވެރިޔާ ޑރ. އަބްދުﷲ ޝިހާމް ހަސަންގެ އެކުވެރިއެކެވެ.

ޑރ، ޝިހާމް "ވަން" އަށް މިއަދު ވިދާޅުވީ، އެ މީހާ އިސްލާމްދީން ގަބޫލުކުރީ އިސްލާމް ދީނަކީ އެންމެ ރަނގަޅު ދީން ކަމަށް ގަބޫލުކުރާތީ ކަމަށާއި އެ މީހާ ނިސްބަތްވާ ސަރަހައްދުގައިވެސް ގިނަ އަދަދެއްގެ މުސްލިމުން އުޅޭ ކަމަށެވެ.