ކުރިއާ މެދިވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމް ސާވިސް އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ، މިދިޔަ މަހުގެ 20 ވަނަ ދުވަހު ކުރިއާ މެދުވެރިކޮށް ނެދަލޭންޑްސްއިން ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ދެ ބާވަތްތެއް ފެނިފައިވާ ކަމަށެވެ. އެތަކެތީގެ ފުރަތަމަ މަރުހަލާއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އާއި ހެރެއިން ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމުސްއިން ބުނީ އަތުލައިގަތް ހެރޮއިންގެ ބަރުދަނުގައި 1.034 ކިލޯގްރާމް ހުރި ކަމަށާއި އަދި މެފެޑްރޯންގެ ބަރުދަނުގައި 304 ގްރާމް ހުރި ކަމަށެވެ. އެތަކެތީގެ މަގުމަތީ އަގު 2،049،000 އަރާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
އެ މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު