ވުމެން އިން މެނޭޖްމަންޓް (ވިމް) އެވޯޑާ ގުޅުވައިގެން ރާއްޖޭގައި ހާއްސަ ކޮންފަރެންސެއް ބާއްވައިފިއެވެ.
މިއީ ވިމްއިން ރާއްޖޭގައި ކޮންފަރެންސެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި ކޮންފަރެންސަކީ މެނޭޖުމަންޓް މަގާމުތަކުގައި ހަރަކާތްތެރިވާ އަންހެނުންގެ އަގުވަޒަންކޮށް އަންނަން އޮތް ޖީލުގެ އަންހެން ލީޑަރުންނަށް ހިތްވަރުދިނުމަށް ވިމްއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ކޮންފަރެންސެކެވެ.
މީރުމާ ކޮންފަރެންސް ހޯލުގައި އިއްޔެ ބޭއްވި މި ކޮންފަރެންސްގެ ރާއްޖޭގެ ހުރިހާ ދާއިރާއަކުން، އިސްކޮށް ހަރަކާތްތެރިވާ އަންހެން ލީޑަރުންނާއި މުޖުތަމުއުގައި އަންހެނުން ބާރުވެރިކުރުވަން މަސައްކަތްކުރާ ލީޑަރުން ބައިވެރިވިއެވެ.
ވިމްގެ މި އަހަރުގެ ތީމް "ޕްރޮމޯޓިން ވިމެން، ޕަވަރިން ދަ ފިއުޗާ" ދަށުން ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ޕެނެލް ޑިސްކަޝަންތަކާއި ވާޗުއަލްކޮށް ބައިވެރިވި ހާއްސަ ދެ މެހެމާނެއްގެ ވާހަކަ ދެއްކުމުގެ ސެޝަންތަކެއް ވަނީ ބާއްވައިފައެވެ. މި ޕެނަލިސްޓުންނާއި ސްޕީކަރުންނަކީ ކުރިން ވިމް އެވޯޑް ލިބިފައިވާ ފަރާތްތަކެވެ. އެ ފަރާތްތަކަކީ:
- ޝިއުނާ ހާލިދު - އައިއެމްޓީއެމްގެ މެނޭޖިން ޑިރެކްޓަރު
- މަރިޔަމް ނޫރުއްދީން - ޗެފްސް ގިލްޑްގެ ފައުންޑާ
- ޕްރޮފެސަރު ސުރަންގާ ޑި ސިލްވާ - ޓޫރިޒަމް އިކޮނޮމިކްސް ޔުނިވާސިޓީ އޮފް ކޮލަމްބޯ
- ރައިދާ ޝަފީގް - ރައިދާސް މޯލްޑިވްސްގެ ފައުންޑާ
- ފާތިމަތު މަނިކެ - ބީއެމްއެލްގެ ޑިވެލޮޕްމަންޓް ބޭންކިން މެނޭޖަރު
- ފަޒްނާ މަންސޫރް - އުރީދޫ މޯލްޑިވްސްގެ އެޗްއާރު އެންޑް އެޑްމިން ޑިރެކްޓަރު
- އިޝާނާ ވަލީދު - ސިމްފަނީ މޯލްޑިވްސްގެ ބިޒްނަސް ޑިވެލޮޕްމަންޓު އެންޑް އެޗްއާރް ޑިރެކްޓަރު
- ޑރ. މަރިޔަމް ޝަކީލާ - ސިމްޑީ ގްރޫޕުގެ ސީއީއޯ އަދި ބެލްޖިއަމް އަށް ކަނޑައަޅާފައި ހުންނަވާ ކޮންސިއުލޭޓް
- ޓާނިޔާ ޕޮލޮނޮވިޓާ ވެޓިމުނީ - އައިއޭއެސް ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު
ވިމްއަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. ލަންކާގެ ވަޒީފާގެ ދާއިރާތަކުގައި އަދި ވިޔަފާރީގެ ދާއިރާތަކުގައި އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ވިމްގެ ގޮފިތައް ސްރީ ލަންކާގެ އިތުރުން ކެނެޑާގައި ހުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު