ޖޯގެން ކްލިންސްމަނަކީ ޖާރމަނީގެ ކުރީގެ މަޝްހޫރު ފޯވާޑެކެވެ. ޖާމަނީގެ ގައުމީ ޓީމަށާއި ނަން މަޝްހޫރު ބައެއް ކުލަބުތަކަށް ކުޅުނެވެ. ބަޔާން މިއުނިކާއި ޓޮޓޮންހަމް ފަދަ ކުލަބުތަކަށެވެ. ރިޓަޔަރކުރީ 2003 ގައެވެ. އޭގެފަހުން އެމެރިކާއާއި ޖާރމަނީގެ ގައުމީ ޓީމާ ހަވާލުވެގެން އުޅުނެވެ. ބަޔާން މިއުނިކަށްވެސް ކޯޗުކަންކޮށްދިނެވެ. ވޯލްޑްކަޕް 2006 ގެ ތިންވަނަ ޖާރމަނީއަށް ހޯދައިދިނީ އޭނާއެވެ. ކްލިންސްމަނަކީ މިހާރު ފީފާގެ އޮފިޝަލެކެވެ. ކޮންމެވެސް ދަރަޖައެއްގެ އެޑްވައިޒަރެކެވެ. މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބީބީސީގައި އީރާނާމެދު ކްލިންސްމަން ދެއްކި ބޭއަދަބީ އަދި ނަފުރަތާއި ހަސަދައިގެ ވާހަކަތަކާއި ގުޅިގެން އޭނާ ވަނީ އަނެއްކާވެސް މީޑިއާގެ ދުރުމިއަށް އަރައިފައެވެ.

ވޯލްޑްކަޕުގައި ވޭލްސްއާއި އީރާން ކުޅުނު މެޗު އީރާން ކާމިޔާބުކުރުމާ ގުޅިގެން ބީބީސީގައި އީރާނުގެ އުކުޅުތަކާއި ކުޅުންތެރިންގެ ހިތްވަރާމެދު ވާހަކަ ދެއްކުމަށްޓަކައި ކުރިއަށް ގެންދެވުނު ޕްރޮގްރާމެއްގައި ކްލިންސްމަން ބުންޏެވެ. އީރާނުގެ ގައުމިއްޔަތާއި ސަގާފަތް ބިނާވެގެންވަނީ ދޮގާއި މަކަރާއި ޚިޔާނާތުގެ މަތީގައެވެ. އެއީ އުފެދުމުގައިވެސް އީރާނު މީހުންގެ ލެޔާއި ގުޅިފައިވާ ކަމަކީއެވެ. އީރާނު މީހުންނަކީ ކަމެއްގައި ޝާމިލްކުރަން ހެޔޮވާނެ ބައެއް ނޫނެވެ. އެއަށްވުރެ ނުބައި ބައެކެވެ. ގޮތްކުޑަ ބައެކެވެ. މުޅި މެޗުގައިވެސް ކުރިކަމަކީ ހަޅޭއްލަވައިގެން ރެފްރީއާއި ލައިންސްމަނުންގެ ބުއްދިޔާ ކުޅުމެވެ. ނުފޫޒު ފޯރުވުމެވެ. ވޭލްސް ބަލިކުރީ މިގޮތުންނެވެ. އެ މެޗުގައި ގުއަޓެމާލާގެ އެސްކޮބާރުގެ ބަދަލުގައި ޔޫރަޕުގެ ދޮން ރެފްރީއަކު ހުރިނަމަ ވޭލްސްއަށް އިންސާފު ލިބުނީސްކަމަށްވެސް ބުންޏެވެ.

ކްލިންސްމަނަކީ އާދައިގެ މީހެއް ނޫނެވެ. އޭނާއަކީ ގަތަރު ވޯލްޑްކަޕްގެ ޓެކްނިކަލް ސްޓަޑީ ގްރޫޕުގެ މެންބަރެކެވެ. މުބާރާތުގައި ކުޅޭ ބައްތިރީސް ޓީމުގެ ތެރެއިން ޓީމަކަށް އޭނާ އެ އިއްވީ ހުކުމެކެވެ. އެމީހުންގެ ގައުމިއްޔަތާއި ދީނާއި ނަސްލާއި ސަގާފަތް އެވަނީ ގޯސްކޮށްފައެވެ. އެހެންވީމާ މިވަރުގެ މީހަކު އެފަދަ މަގާމެއްގައި ބެހެއްޓުމަކީ ކިހާވަރެއްގެ ކަމެއްތޯ ބަލައިލާން އެބަޖެހެއެވެ. ކްލިންސްމަނާއި އޭނާ ނިސްބަތްވާ ގައުމުގެ ހާލަކީ ކޮބައިކަން ބަލައިލާން ޖެހެއެވެ. އެފަދަ އެއްޗެއް ބުނުމަށް އެއްވެސް ގޮތަކުން ޝަރުތު ފުރިހަމަވޭތޯ ބަލައިލާންވެސް ޖެހެއެވެ. މިކަންކަމަށް ވިސްނާއިރު ބައެއްގެ އަޚުލާގާއި ރިވެތި ސުލޫކާއިމެދު އެއްޗެއް ބުނަން ކްލިންސްމަން ކުފޫހަމައެއް ނުވެއެވެ. އަމްދުން ޖަރުމަނަށް ނިސްބަތްވާ މީހަކަށް މިފަދަ ވާހަކައެއް ދެއްކުމުގެ ހައިސިއްޔަތެއްވެސް ނެތެވެ.

ވޯލްޑްކަޕުގެ އެންމެ އަނދިރި ސަފުހާތަކާ ގުޅިފައިވަނީ ޖަރުމަނީއެވެ. ކުޅިވަރުގެ އަޚުލާގުން ބޭރުގައި އެންމެ ހަޑިހުތުރު އަމަލުތަކެއް ހިންގާފައިވަނީވެސް ޖަރުމަނު ޓީމުންނެވެ. އަލްޖީރިޔާ ކަޓުވައިލައި އަނެއްބުރަށް ދިއުމަށްޓަކައި 1982 ގެ ވޯލްޑްކަޕުގައި މެޗު ފިކްސިންގެ ހުތުރުކަން ބޮޑުވެގެންވާ އަމަލު ހިންގީ އޮސްޓްރިޔާއާ ބައިވެރިވެގެން ޖަރުމަނު ޓީމުންނެވެ. އެއީ ވޯލްޑްކަޕުގައި ހިންގުނު މެޗު ފިކްސިންގެ އެންމެ މުޑުދާރު އަމަލެވެ. ވޯލްޑްކަޕުގެ ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުތައް އެއްގަޑިއެއްގައި ފަށައިގެން އެއްގަޑިޔަކަށް ނިންމުމުގެ ގަވާއިދު ތައާރަފުކުރީ މިއަމަލާއި ގުޅިގެން ދެން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުންނެވެ. އެއްގަޑިއެއްގައި މެޗުތައް ފަށާ ކޮންމެފަހަރަކު މުޅި ދުނިޔޭގައިވެސް އައުވެގެންދަނީ ޖަރުމަނުގެ އެއްކަލަ ވިޔާނުދާ މުޑުދާރު އަމަލެވެ.

ދެންއޮތީ ކްލިންސްމަންގެ އަމިއްލަ ސުލޫކާއި އަޚުލާގުގެ ވާހަކައެވެ. ޕެނަލްޓީ އޭރިއާތެރެއަށް ޑައިވްކޮށް ޕެނަލްޓީ ހޯދުމުގެ ނުބައި ސިފަ އާޓަކަށް ހެދި މީހަކީ ހަމަސީދާ ކްލިންސްމަނެވެ. އެތައް ޔޫރޯއަކާއި އެތައް ވޯލްޑްކަޕެއްގައި ކްލިންސްމަން ވަނީ އިދިކޮޅު ޑިފެންޑަރަކު ފައުލްކުރުމަކާ ނުލައި އޭރިއާ ތެރެއަށް ޑައިވްކޮށް އެތައް އެތައް ޕެނަލްޓީއެއް ހޯދައިފައެވެ. މީނާ މަޝްހޫރުވެފައި އޮންނަނީވެސް ބޮޑު ޑައިވަރުގެ ނަމުންނެވެ. މަކަރާއި ޔަހޫދީކަން ކުރިއަށްނެރެ، އާޓްޖައްސައިގެން ރެފްރީންނާއި ލައިންސްމަނުންގެ ލޮލުގައި އަނދުން އަޅުވައި، ހައްގުނޫން އެތައް ޕެނަލްޓީއެއް ހޯދައި، އޭގެބާރުގައި އެތައް އެތައް ނަތީޖާއަކަށް ބަދަލުގެނެސްފައިވާ މީހަކު އީރާނުގެ ދީނާއި ސަގާފަތާއި ގައުމިއްޔަތާމެދު ސުވާލު އުފައްދައި ކުޅިވަރުގެ އަޚުލާގާމެދު ވާހަކަ ދެއްމުކީ ވަރަށްވެސް ލަދުހުތުރު ކަމެކެވެ.

ބީބީސީގައި ކްލިންސްމަން ދެއްކި ވާހަކައިގައި ކަނޑައެޅިގެން އިސްލާމްދީނޭ ނުބުންޏަސް ތަކުރާރުކޮށް އީރާނު މީހުންގެ އީމާނޭ، ގަބޫލުކުރުމޭ، ސަގާފަތޭ ބުނެފައި އެވަނީ ދީނަށް ނިސްބަތްކުރުމުގެ ގޮތުންނެވެ. ގަތަރުގައި އެއްޖިންސުން ގުޅުން ހިންގުމުގެ ކަންކަން އެތާގެ ސަރުކާރުން މަނާކުރީމާ އެކަމާ ދެކޮޅަށް އެންމެ ގަދަޔަށް އަޑުއުފުލާ އެއްބަޔަކީ ޖަރުމަނު މީހުންނެވެ. އެހެންވީމާ އީމާނޭ ކިޔައިފައި އީރާނުގެ ބޮލަށް ކަނޑާލައިގެން ހަގީގަތުގައި ކްލިންސްމަން ފާޑުއެކިޔަނީ އިސްލާމީ އެންމެހައި ގައުމުތަކަށެވެ. ގަތަރާއި ސައޫދީ އަރަބިޔާ އާއި މޮރޮކޯއާއި ޓިއުނީޝިޔާވެސް ހިމެނޭގޮތުންނެވެ. މިވަރަށް ހުޅަނގުން ރުޅިއަރާކަމުގެ ހެއްކަކީ އެމެރިކާ ޓީމުގެ ރަސްމީ ވެބްސައިޓުގައި އީރާނުގެ ދިދައަށްވެސް ބަދަލު ގެނެސްގެން ބޭނުންކުރުމެވެ. ދިދައިގެ މެދުގައި ލިޔެފައި އޮންނަ ޢިސްމަފުޅު އުނިކުރުމެވެ.