ދިވެހި ޒުވާނަކު ގެއްލިގެން އޭނާ ހޯދަން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ހޯދަމުންދަނީ ހދ. ނޮޅިވަރަންފަރު/ ނޫރަންވިލާ، ހުސައިން އާލިމް (31އ) އެވެ. އޭނާގެ ވަނަވަރާއި ފޮޓޯވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ މި މަހު 23 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އާލިމްގެ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު 2:45 ހާއިރު ކަމަށެވެ. އަދި މި މަހު 23 ވަނަ ދުވަހު އޭނާ މާލެ އައިކަން އެނގިފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުުހުން ވަނީ އާލިމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފަ އެވެ.