Close
ޚަބަރު

ހުޅުމާލޭގައި 761 ދަރިވަރުންގެ ޖާގައިގެ ސްކޫލެއް ހަދަން ވިލާއަށް

ވިލާ އެޑިއުކޭޝަނަލް ސާވިސެސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގެ ފޭސް އެކެއްގައި ސުކޫލެއް ހަދަން ނިންމައި، އެޗްޑީސީއާ އެކު އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ވިލާ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަރު އަހުމަދު އަންވަރެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

އެޗްޑީސީން ބުނީ، 20 ކުލާސްރޫމް ހިމެނޭ ހަ ބުރީގެ މި ސްކޫލަކީ ޖުމުލަ 761 ދަރިވަރުންގެ ޖާގައިގެ ސްކޫލެއް ކަމަށާއި އެތަނުން ގްރޭޑް 1-12 އަށް ކިޔަވައިދޭނެ ކަމަށެވެ.

އޭގެ އިތުރުން ރޮބޮޓިކް ލެބަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ކިޔަވައިދެވޭނެ އިންތިޒާމް އެ ސުކޫލުގައި ހަމަޖެހިފައި ހުންނާނެ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީން ބުނީ ވިލާގެ މި ސްކޫލު ހުޅުވުމުން އެޑްމިނިސްޓްރޭޓިވް ދާއިރާއިންނާއި އެކެޑެމިކް ދާއިރާއިން 100 ވަރަކަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.