ހދ. ކުމުންދޫ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތުގެ ދަށުން ޒޯން އެކެއްގައި ހިމެނޭ ރަށްތަކަށް ހައިސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެ ރަށެއްގައި ފެރީ ހަޓެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.
އެމްޓީސީސީން މިއަދު ބުނީ ކުމުންދޫގައި ހެދި ފެރީ ހަޓުގައި ކިއޮސްކަކާއި ފާހާނާއަކާއި ވެއިޓިން އޭރިއާއެއް އަދި ޔުނިވާސަލް ފާހާނާއެއް ގާއިމުކޮށްފައިވާނެ ކަމަށެވެ.
މި ފެރީ ސްޓޮޕަކީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ.