ކުރިމިނަލް ކޯޓުންވެސް އަންނަ މަހުން ފެށިގެން ރިސެސްއަށް ދާން ނިންމައިފިއެވެ.
ކުރިމިނަލް މިއަދު ބުނީ އެ ކޯޓުގެ ގަވާއިދުގެ ދަށުން ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ރިސެސްއަށް ދިއުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ ގަވާއިދުގައި ބުނާ ގޮތުން، ޑިސެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން އޮންނާނީ ރިސެސްގައެވެ.
ކޯޓު ރިސެސްއަށް ދިޔަ ނަމަވެސް ޖިނާއީ ބޮޑެތި މައްސަލަތަކާއި ބަންދާމެދު ގޮތެއް ނިންމުމާއި ކޯޓު އަމުރު ދޫކުރުން ކުރިއަށްދާނެ ކަމަށް ކުރިމިނަލް ކޯޓުން ބުންޏެވެ.
ހައިކޯޓުވެސް އަންނަ މަހުން ފެށިގެން ރިސެސްއަށް ދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު