Close
ޚަބަރު

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

އަލީ ޔާމިން

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ރަައްޔިތުންގެ މަޖިލިހުން ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހު މިއަދު ގެޒެޓުކޮށްފައިވާއިރު، ޓޫރިޒަމްގެ ހިދުމަތްދޭ ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނުން ނަގާ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީވެސް 6 ޕަސަންޓުން 8 ޕަސަންޓަށް އަންނަ ޖެނުއަރީ ފެށިގެން ބޮޑުވާނެ އެވެ.

ޓެކްސް ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލަށް ހުށަހެޅި އިސްލާހުތައް ބޭރުކޮށްލުމަށް ފަހު، ސަރުކާރުން ފޮނުވި ގޮތަށް ކޮމިޓީން އެ ބިލް ފާސްކުރީ މިދިޔަ މަހު 31 ގަ އެވެ. އެ ބިލް މަޖިލީހުގެ ތަޅުމުން ފާސްކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި 55 މެންބަރުންގެ ވޯޓާއެކުގައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމުން ދައުލަތުގެ އާމްދަނީ އަށް 3.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ހިމަނާފައެވެ.