ބީއެމްއެލްގެ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން ބީއެމްއެލުން ވަނީ 2020 ވަނަ އަހަރު ނޮވެމްބަރު މަހު އެކޮނޮމިކް ސްޓިމިއުލަސް ލޯން ދޫކޮށްފައެވެ.
އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އަލުން ހުޅުވާލައިފައެވެ. ޝަރުތު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިއުންތަކާ އެކު [email protected] އަށް އީމެއިލް ކުރުމަށް ބީއެމްއެލުން ވަނީ އެދިފައެވެ.
މި ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް ހަތް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާ އިރު, މި ލޯނަށް ކަނޑައެޅިފައިވަނީ ހަ ޕަސެންޓުގެ އިންޓްރެސްޓު ރޭޓެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
އީއައިބީ ކޮވިޑް ރިލީފް ލޯނު އަދި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ކުރިން ލިބިފައިވާ ފަރާތްތަކަށް މި ލޯނަށް ކުރިމަތި ނުލެވޭނެއެވެ.
ލޯނަށް އެދި ހުށަހެޅުމުގެ ފަހު ވަގުތަކީ މިމަހުގެ 30ވަނަ ދުވަހެވެ.